ހަބަރު
30 Aug 2023 | 12:04
"ރައީސް ނަޝީދުގެ ވެރިކަން ހަލާކުކޮށް، ރައީސް ޞާލިހު ގެ ވެރިކަންވެސް ޚަރާބު ކުރަނީ މާރިޔާ"

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ހަލާކުކޮށްލީ އަދުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަމަށާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ވެރިކަންވެސް ޚަރާބު ކުރީ ހަމަ އޭނާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ޖުމްހޫރީ ޕާޓީން ރ އަތޮޅަށް ކުރި ދަތުރުގެ ތެރެއިން، ދުވާފަރަށް ވަޑައިގެން އެ ރަށު ބޭއްވި ކެންޕޭން ބައްދަލުވުމައި ވާހަކަ ދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ، މިއަދު މިގައުމުން ފެންނަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރު ނިމެމުންދާ ތަން ކަމަށެވެ. 

"އަޅުގަނޑުމެންނަށް ދުވާފަރުން އަދި މުޅި ރާއްޖެއިން މި ފެނިގެންދާނީ މިރާއްޖެއިން އިންޑިޔާ ސިފައިން އަޅުގަނޑުމެން ފަހާލާނެކަން. އަޅުގަނޑު މެންގެ މި ރާއްޖޭގެ ވެރިކަމުގައި ތިބި މީހުން، ބިރިޔާނީ ގަނޑަކަށް މިރާއްޖެ، ދުވާފަރުން ބުނާނީ ކީކޭތޯ؟ ނޫނެކޭ. ނޫނެކޭ. 

ޢަލީ ވަހީދު 

".. ސެޕްޓެމްބަރު 9 ވަނަ ދުވަހު މުޅި ދިވެހިރާއްޖެ މިދަނީ ބޮޑު ސިންގާ ބަދަލަކަށް. މި ރާއްޖޭގެ ރައްޔިތުން މިއަދު މިރަށުން، މުޅި ރާއްޖެއިން މި ދެނީ ވަރަށް ވަރުގަދަ މެސެޖެއް ކަމަށެވެ. އޭގެ ސާފު ޖަވާބަކީ އިންޑިއާ ސިފައިންނަށް ދިވެހިރާއްޖޭގެ ސިފައިންގެއަކަށް ނުވަދެވޭނެ އޭ. ގޯސް ހެދީމާ، ނިންމަން ރައްޔިތުން ނުކުންނާނެކަން މި ފެނިގެން ދަނީ." ޢަލީ ވަހީދު ވިދާޅުވި އެވެ. 

މިއާއެކު އޭނާ ވިދާޅުވީ، މިރާއްޖެއިން މިހާރު ފެނިގެންދާ މަންޒަރުން، ދެން ރާއްޖޭގައި ގާއިމް ކުރެވޭނީ ޖުމްހޫރީ ވެރިކަމެއް ކަން ހަމަވެގެން ދާ ކަމަށެވެ. 

ޢަލީ ވަހީދު އިތުރަށް ވިދާޅުވީ ލ، ފާއިތުވެގެން މި ދިޔަ 15 އަހަރުގެ ތެރޭގައިވެސް ރާއްޖެ ގޮސްފައިވަނީ ފަހަތަށް ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވި ތަރައްގީ ނުލިބި ޒުވާނުން ދަރަނިވެރިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން ރާއްޖޭގެ ރައްޔިތުން މިހާރު ބޭނުން ވަނީ ހެޔޮ ބަދަލެއް ކަމަށާ އެ ބަދަލަކީ ގާސިމް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ރާއްޖޭގެ ރައްޔިތުން ދެން ބޭނުންވަނީ ޔަގީން، 100 ޕަސެންޓު ޔަންމާ އިންޖީނު އަޅައިގެން ދެން މަސްވެރިކަމަށް ނުކުންނަން. އެއީ ޖުމްހޫރީ ޕާޓީ. އެއީ ގާސިމް އިބްރާހިމް. ރާއްޖޭގެ ރައްޔިތުން މިއަދު މި ސަރުކާރު ދެކެ ފޫހިވެއްޖެ."

ޢަލީ ވަހީދު

ޢަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި ދެ އެމްޑީޕީ ސަރުކާރެއް އައިސްފައި ވާއިރުވެސް ހެދި 'މިސްޓޭކު' ތަކުގެ ސަބަބުން ކަމަށެވެ. އަދި ފުރަތަަމަ އެމްޑީޕީ ވެރިކަމާއި، މިހާރުގެ އެމްޑީޕީ ވެރިކަންވެސް ނިމިގެންދާނީ، އަދުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގެ ސަބަބުން ކަމަށް ޢަލީ ވަހީދު ވިދާޅުވި އެވެ. 

އެންމެ ފުރަތަމަ (އެމްޑީޕީ) ސަރުކާރު ހަލާކުވެގެން ދިޔައީ މިހާރުގެ ޑިފެންސް މިނިސްޓަރު، ހަމަ އެކަމަނާ ހުންނަވައިގެން، ހިތާ ހިތުގެ ގުޅުމަކަށް، މުޅި ސަރުކާރު ޚަރާބުކޮށް، ސަރުކާރު އެގޮތް މިގޮތަށް ދޫކޮށްލެއްވީ. އަނެއްކާވެސް ހަމަ އެކަމަނާ ހުންނަވައިގެން ބިރިޔާނީ ތެއްޔަކަށް މުޅި ގައުމު ވިއްކާލީ. އެހެންވީމާ އަޅުގަނޑުމެން (ރައީސް ޞާލިހު) ބާލަން ޖެހުނީމާ މި ނުކުތީ ބަދަލު ކުރަން. 

ޢަލީ ވަހީދު 

އަލީ ވަހީދު ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހު މި ސަރުކާރު ނިމިގެންދާތަން މިހާރުވެސް ފެންނަމުންދާ ކަމަށެވެ. 

ކޮމެންޓް
އެކޮއި
ސާބަހޭ އަލީވަހީދު މިސަރުކާރު މިފަހަރު ވެރިކަމުން ބާލަންތައްޔާރަށް މިތިބީ ﷲ އިރާދަފުޅުކުރެއް ވީޔާ މިހާރު މިއޮތް ސަރުކާރު ވެރިކަމުބާލާފަ ނޫނީރައް ޔަތުން ގެއަކަ ނުވަން ނާނެ
02 Sep 2023
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.