އަލީ ވަހީދު މަތިވެރި ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ ޖޭޕީ
ހަބަރު
28 Aug 2023 | 12:58
އެންމެ ރަށެއްވެސް ފަޅެއްވެސް ގާނޫނުން ބޭރުން ގާސިމާއި ހަވާލުކުރަން ނޭދޭ: ޢަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، އެއްވެސް ރަށެއްވެސް އަދި ފަޅެއްވެސް، ގާނޫނުން ބޭރުން ގާސިމާއި ހަވާލު ކުރަން އެމަނިކުފާނު އެދިފައި ނުވާ ކަމަށާ، އެކަހަލަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

މިއަދު އއ. މަތިވެރީގައި ކުރިއަށް ދިޔަ، ޖުމްހޫރީ ޕާޓީގެ ކެންޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ، ކާޒާމިއާ އާއި މަތިވެރި ފިނޮޅުގެ މައްސަލަ އަކީ އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރިއިރު ދިމާވި އެންމެ އުނދަގޫ މައްސަލަ ކަމަށެވެ. 

މި ދެ މައްސަލާގައިވެސް، ކޮންޓްރެކްޓް ހެދީކީ މި ސަރުކާރަކުން، ނުވަތަ އަޅުގަނޑުމެންނެއް ނޫން. އެއީ އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު ހަދާފައި ހުރި ކޮންޓްރެކްޓް ތަކެއް. އެގޮތުން ކާޒާމިއާ މައްސަލާގައި، ކާޒާމިއާގެ އޮޕަރޭޓިވް ލައިސެންސް ހޯދުމަށްޓަކައި، ކާޒާމިއާ ހިންގައިގަތުމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީއަށް އެ އައި ފަރާތްތަކުން އައި. 

... އެކަމާއި ގުޅިގެން މި ރަށުގެ ކައުންސިލުން، ނުވަތަ އެއައި ބޭފުޅަކު ވަޑައިގެން އެ ދެއްކި ވާހަކަ ތަކަކާ، އަދި ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބާއި، ރިކޯޑް ތަކުން އެކަން ހިނގައި ދިޔަގޮތް ވަރަށް ސާފުކޮށް ފެންނަން އޮންނާނެއޭ. އެއްފަހަރު އެ ބާތިލު ކުރަން. އަނެއް ފަހަަރު އެ ކުރިއަށް ގެންދަން. އެ ލިޔެ ކިޔުމެއް އޮތިއްޔާމުން، އެ އޮތް އެއްޗެއް އޮންނާނެ. ބާރަށް އޭރުވެސް ހަޅޭކަވާ ބޭފުޅުން މިނިސްޓާރީއަށް ވަޑައިގެން، އިންވެސްޓަރ ވެސް ވަޑައިގެންނެވި. އަދި އެހެން ބޭފުޅުން ވެސް ވަޑައިގެން." ޢަލީ ވަހީދު ވިދާޅުވި އެވެ. 

ޢަލީ ވަހީދު ވިދާޅުވީ، މަގާމެއްގެ ހުވާ ކުރުމަށްފަހު އެމަގާމެއްގައި އޭނާގެ އަމަލު ބަހައްޓަންޖެހޭނީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. އެގޮތުން ކެބިނެޓް ގައި ތިބޭ މިނިސްޓަރުން ކަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އާއި ބަންޑާރަ ނާއިބު އަންގަވާ ގޮތަށް، ގާނޫނުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ކާޒާމިއާ އާއި މަތިވެރި ފިނޮޅާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނިންމި ކޮންމެ ނިންމުމެއްވެސް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އާއި ބަންޑާރަ ނާއިބުގެ ލަފާގެ މަތިން އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

‏"އެހެން އެކަން ކުރަންޖެހޭ ސަބަބަކީ، މަގާމެއްގެ ހުވާ ކުރުމަށްފަހު އެމަގާމެއްގައި އޭނާގެ އަމަލު ބަހައްޓަންޖެހޭނީ ގާނޫނާއި އެއްގޮތަށް. އެނޫން ގޮތަކަށް ނުކުރެވޭނެ. އެހެން އެކަން ކުރާގޮތުގެ އެއް ހެއްކަކީ އަޅުގަނޑުމެން ކުރިމަތީގައި މިއިންނެވި ޤާސިމް އިބްރާހީމް. ޤާސިމް އިބްރާހީމަށް ދޭންޖެހޭ ރަށާއި ފަޅު، އެ ސުޕްރީމް ކޯޓުގެ ހުކުމް މިސަރުކާރު އައި އިރު އޮންނާނެ. އޭރުވެސް ޓޫރިޒަމް މިނިސްޓްރަކީ އަޅުގަނޑު. އެންމެ ރަށެއްވެސް ފަޅެއްވެސް މިނޫން ގޮތަކަށް ގާސިމް އިބްރާހީމަށް ހަވާލުކޮށްފައެއް ނޯންނާނެ. އަދި ގާސިމް އިބްރާހީމް އަޅުގަނޑަށް ގުޅާ އެއްްޗެއް ހަވާލުކުރަންވެސް އެދިފައެއް ނޯންނާނެ."

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު

ޢަލީ ވަހީދު ވިދާޅުވީ، ކާޒާމިއާ މައްސަލައިގައިވެސް ކަންކަން ކުރައްވާފައިވާނީ ގާނޫނާއި އެއްގޮތަށް ކަމަށެވެ. އިންވެސްޓަރ އައިސް އަޑުގަދަ ކުރެއްވި އިރުވެސް ގާނޫނުން ބޭރުވެފައި ނޯންނާނެ ކަމަށާ، ކުރިއަށް އޮތް ތަނުގައިވެސް ކަންކަން ކުރައްވާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކާޒާ މިއާގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކަވާ އުޅުއްވާ މައްސަލައާ ގުޅިގެން ޖާބިރު އާއި މަތިވެރީ ކައުންސިލުގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ 2021 ވަނަ އަހަރު ތެރޭގައި މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. 

އެ ގެސްޓް މައްސަލާގައި އޭނާ، ޓްއަރިޒަމް މިނިސްޓްރީއަށް ވަދެ، ހަޑިހުތުރު ބަހުން އެތަނުގެ މުވައްޒަފުންނާ މުޚާތަބުކޮށް، އެ އޮފީހަށް ގެއްލުންދިން މައްސަލައެއް ފެންމަތިވެ ކުރީން ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް އަމާޒުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.