ފުވައްމުލަކު ޖަލްސާގައި ގާސިމް-- ފޮޓޯ/ ވަގުތު
ހަބަރު
05 Sep 2023 | 10:23
އަލީ ކިޔައިދެއްވީ ގާސިމްގެ 'މާފަންނު ވިލާ' އިން ފެނުނު މަންޒަރާއި، އެތަނުގެ ސާދާ ކަމުގައި ފޮރުވިފައިވާ ސިއްރު!

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދިރިއުޅުއްވާ މާފަންނު ވިލާ ގެއިން އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓް އަލީ ވަހީދަށް ފެނިވަޑައިގެންނެވި ސާދާ ކަމާއި، އެ ސާދާ ކަމުގެ ފަހަތުގައި ފޮރުވިފައިވީ ހަގީގަތް ކިޔައިދެއްވައިފިއެވެ. 

ރިޔާސީ ކެންޕެއިނަށް އިއްޔެ ފުވައްމުލަކުގައި ބޭއްވި ބައްދަލުވުމުގައި، ޢަލީ ވާހިދުގެ ވާހަކަ ފަށްޓަވަމުން އޭނާ ވަނީ، ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ، ގާސިމް އިބްރާހިމް ސާދާ ދިރިއުޅުމުން އޭނާ އަށް ފެނިވަޑައިގެންނެވި ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. 

އެގޮތުން، އޭނާ ޖެހިލީ މީގެ 14 އަހަރު ކުރިއަށެވެ. އެއީ އޭނާ އާއި ގާސިމާއި ދެމީހުން ރަސްމީކޮށް ބޭއްވުނު ފުރަތަމަ ބައްދަލުވުން ކަމުގައި އަލީ ވިދާޅުވިއެވެ. އެ ބައްދަލުވުމުން ބޭއްވީ އޭރުގެ އެމްޑީޕީ ސަރުކާރުން ކަންކަން ކުރަމުން އައި ގޮތް ގޯސްވެ، އެކަމާއި ގުޅޭ ގޮތުން ޑީއާރުޕީ އާއި ޕީޕަލްސް އެލަޔަންސްގެ ފަރާތުން ގާސިމާއި ބައްދަލު ކުރެއްވައި މަޝްވަރާ ކުރެއްވުމަށް ކަމަށް ޢަލީ ވިދާޅުވި އެވެ. 

މި ބައްދަލުވުން އެ ދުވަހު ބާއްވާފައި ވަނީ ގާސިމް ދިރިއުޅުއްވާ މާފަންނު ވިލާ ގައި ކަންވެސް އަލީ ފާހަގަކުރެއްވި. 

"އެ ރޭ ރަތް ގަމީހެއް ނަންގަވައިގެން އިސްތިރި ކުރައްވަން (ގާސިމް) ހުންނެވީ ހުސް ގަޔާ. އަދިވެސް ހަށިގަނޑު ވެސް ހުރީ ހަމަ އެގޮތަށް އެ ޝޭޕްގައި." 

އަލީ ވަހީދު 

އަލީ ވަހީދު ވިދާޅުވީ، އެ ދުވަހު މާފަންނު ވިލާއަށް ވަޑައިގެންނެވިއިރު، އެތަން ހުރިގޮތާއި، މީގެ ދެދުވަސް ކުރިން އެތަނަށް ވަޑައިގެންނެވި އިރު ހުރި ގޮތާއި އެއްވެސް ތަފާތެއް ނެތް ކަމަށެވެ. 

އަޅުގަނޑު ބުނެފިން ތަންކޮޅެއް ޕާސަނަލް ސުވާލެއް ކޮށްލަން ހޭ. (ގާސިމް) ވިދާޅުވެއްޖެ އަހާލަބަލާށޭ. އަޅުގަނޑު ދެންނެވިން. އަޅުގަނޑަށް ފެނެއޭ، ސަން އައިލެންޑް ރިސޯޓުގައިވެސް މަނިކުފާނު ހަމަ ރީތި ކޮޓަރިތައް ހައްދަވައި، ޕެރެޑައިސް ހައްދަވާ، މި ރާއްޖޭގައި އެންމެ ވަރުގަދަ ބްރޭންޑް ތައް ހައްދަވާފައި، މަނިކުފާނު އެކަމު ނިދި ކުރައްވަން ތި އޮންނަވަނީ އަޅުގަނޑު ގެ ކާފަ ނިދި ކަހަލަ ކޮޓަރިއެއްގައޭ" ގާސިމްގެ ކޮޓަރީގެ ސާދާކަން ސިފަ ކުރައްވައި ޢަލީ ވަހީދު ވިދާޅުވި އެވެ. 

މިއާއެކު ޢަލީ ވަހީދު ވިދާޅުވީ، މާފަންނު ވިލާ އެތެރެ ރައްޔިތުންނަށް ފެނިފައިވާނެ ހެން ހީނުވާ ކަމަށެވެ. އެހެންކަމުން އެތަނުގެ ސާދާކަން ރައްޔިތުންނަށް ނޭނގުނު ނަމަވެސް، 14 އަހަރު ކުރިން ވެސް ދިމާވި ތަނުގައި މީގެ ދެރޭ ކުރިން ވެސް ނިދި ކުރައްވަން އޮތް ތަން ފެނުމުން ޢަލީ ވަހީދަށް ވަރަށް ހައިރާންކަން ލިބުނުކަން އޭނާގެ ވާހަކަތަކުން އެނގިގެން ދިޔައެވެ.

"އަޅުގަނޑު އަހާލިން. ކީއްވެގެން ހޭ. އަޅުގަނޑަކަށް އަންޑަސްޓޭންޑް އެއް ނުވެއޭ. މަނިކުފާނަށް ކޮންއެއްޗެއް ތޯއޭ މަދީ. ކިހިނެއްތޯ އޭ ތި ކޮންފޮޓަބަލް ވެސް ވަނީ." ގާސިމްގެ އެ ސާދާ ދިރިއުޅުމުގެ ފަހަތުގައިވާ ސިއްރު ހޯދުމަށް އަމުނާލެއްވި ސުވާލުތައް ހާމަކުރައްވައި ޢަލީ ވަހީދު ވިދާޅުވި އެވެ. 

"(ގާސިމް) ވިދާޅުވި. މި ދުނިޔެއަކީ އަލީ އޭ، ހިނދުކޮޅަކަށް ތިމަންނަމެން އުޅޭ ތަނެކޭ. މި ދުނިޔޭގައި ތިމަންނަމެން ކުރާ ހެޔޮ ކަމެއް ނޫނީ ގެންދެވޭކަށް ނޯވެއޭ. ތިމަންނައަށް މިއީ އެއްވެސް އެއްޗެއް ނޫނޭ. މިތަނުގައި މި ބާރު ވެރިކަމާ، މި ތަކެއްޗަކީ." ގާސިމް ގެ ސާދާ ދިރިއުޅުމުގެ ފަހަތުގައިވާ ސިއްރު ހާމަކުރައްވައި ޢަލީ ވަހީދު ވިދާޅުވި އެވެ. 

ޢަލީ ވަހީދުގެ އެވާހަކަތަކަށް އިޝާރާތް ކުރައްވައި، ފުވައްމުލަކު ބޭއްވި ޖަލްސާގައި ގާސިމްވެސް ވަނީ އެވާހަކަތައް ތެދު ކުރައްވައި، މި ދުނިޔޭގައި، "ބޮޑު ސިންގާ ގަނޑުވަރެއް" ހަދައިގެން އުޅުމުގެ އެއްވެސް ބޭނުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. 

"އަޅުގަނޑު މި ތަނުގައި ބޮޑު ސިންގާ ގަނޑުވަރެއް ހަދައިގެން ހުރީމަ ވާނީ ކޮން ކަމެއް؟ އެއް ކަމެއް ވެސް ނުވޭ. ބޭކާރު އިސްރާފުތަކެއް ކުރުމުގެ މާނައެއް ކޮބާ؟ މާދަމާ މި ދުނިޔެ ދޫކޮށްދާ އިރު، އެ އެއްޗެހިތައް ގެންދެވޭނެ؟" ގާސިމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.