ޤާސިމް އިބްރާހިމް
ހަބަރު
04 Sep 2023 | 16:32
ޖޯކު ޖަހާ ވީޑިއޯތައް ބައްލަވައި ގާސިމަށްވެސް ހެވިއްޖެ!

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހިމް އެކި އެކި ރަށްރަށަށް ވަޑައިގެން ދައްކަވައިފައިވާ ވާހަކަތަކުގެ އޯޑިއޯތައްް ބޭނުންކޮށްގެން ހަދައިފައިވާ ޓިކްޓޮކް ވީޑިއޯތައް ބައްލަވައި ޚުދު އެމަނިކުފާނަށްވެސް ހިނިފުޅުވެޑުވިއްޖެއެވެ. 

މީސް މީޑިޔާގައީ މިހާރު އާންމުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ގާސިމް އިބްރާހިމް ބައްދަލުވުމެއްގެ ތެރެއިން ކޮފީއެއް ބައްލަވަން އިންނެވި އިރު ގާސިމްގެ ފޯނުން ބައްލަވަމުން ގެންދިޔައީ އެމަނިކުފާނަށް ޖޯކު ޖަހައި ހަދައިފައިވާ ޓިކްޓޮކެވެ.

ޓިކްޓޮކް ބައްދަލަވަމުން ގެންދިޔަ ވަގުތު ގާސިމް އިނީ ހިނިފުޅުވަޑުވާންށެވެ. ގިނަ ދިވެހިންގެ މެދުގައި ވައިގައި ހިފާފައިވާ މި ޓިކްޓޮކްތައް ގާސިމަށް ވެސް ވަރަށް މަޖާވެއްޖެއެވެ.

ޓުވިޓާގައި މި ވީޑިއޯ އާންމުކުރަމުން ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު ބުނެފައިވަނީ "ހަމްބަލް އެންޑް ސިމްޕަލް" މިހެންނެވެ. މާނައަކީ ހިތްތިރި އަދި އާދައިގެކަމެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕްއިން ކުރުމަށް ރަށްރަށަށް ވަޑައިގެން އުޅުއްވާއިރު، ވަޑައިގެންނެވުނު ރަށް ހަނދާން ނެތުމާއި ބައެއް ކަންކަމަށް ކިޔާ ނަންތައް ހަނދާން ނެތުން ފަދަ ކަންކަން ގާސިމަށް ކުރިމަތިވެފައި އެބަހުއްޓެވެ. މި ފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވީއިރު އެ އަޑުތައް ބޭނުންކޮށްގެން ޓިކްޓޮކް ހެދީ ނައުފަލް ނަސީމް ނަމަކަށް ކިޔާ މީހެކެވެ.

އޭނާގެ ޓިކްޓޮކްތަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ބައެއް ޓިކްޓޮކްތަކަށް ހިންދީ އަދި ދިވެހި އަޑުތައް އަމިއްލައަށް ލައިގެން އެޑިޓްކޮށްފައި ވާއިރު މި ޓިކްޓޮކްތަކުގައި ނައުފަލްގެ އެކްޓު ކުރުން ވެސް މޮޅީއެވެ.

އެގޮތުން އަޑާ ގުޅޭ ގޮތަށް ނައުފަލް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.