ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ފޮޓޯ/ ޖޭޕީ
ހަބަރު
29 Aug 2023 | 13:46
ތަރައްގީ އަކީ ލަވާޒާ ކޮފީ ތައްޓަކަށް ވެފައި މިއިންނަނީ؛ އެވަރުންވެސް އެކައުންޓް ގައި ހުންނަނީ 0 ރުފިޔާ: އަލީ

އައު ގަނޫނު އަސާސީއާއި އެކު ވެރިކަން ކުރަމުންދާތާ މިހާރު 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް، ދިވެހިރާއްޖެއިން ހަގީގީ ތަރައްގީ ނުފެންނަ ކަމަށް ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ އިންތިހާބީ އޭޖެންޓް އަދިި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ޖޫމްހޫރީ ޕާޓީގެ ޓީމުން މިއަދު ވަނީ ބ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރު ފަށްޓަވާފައެވެ. އެ ދަތުރުގެ ތެރެއިން އެ އަތޮޅު ތުޅާދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޢަލީ ވަހީދު ފާއިތުވި 15 އަހަރުގެ ތެރޭގައި، ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާއި އެކު އެކި ސަރުކާރުތައް ގެނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، މިއަދާއި ހަމައަށްވެސް ރައްޔިތުންގެ ޖީބަށް ބަރުވާ ގޮތް ވެފައި ނުވާ ކަމަށް އެނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެން އެކި ސަރުކާރުތައް މިދިޔަ 15 އަހަރު ގެނެސް، މިއަދުވެސް އަޅުގަނޑުމެންގެ ޒުވާނުންނަށް ތަރައްގީ އަކީ ލަވާޒާ ބްލެކް ކޮފީއެއްގެ ހިސާބުގައި މި އިންނަނީ. އަޅުގަނޑުމެންގެ ރަށްރަށުގައި ތަރައްގީ އައިއްސަ މި އިންނަނީ، ހުސްވަގުތު ގޮސް ކެފޭއަކަށް ގޮސް ލަވާޒާ ބްލެކް ކޮފީ އަކަށް އޯޑަރު ކޮށްލާ ހިސާބަށް. އޭރުވެސް އެކައުންޓް ގައި އިންނަނީ ސުމެއް ޖެހިފައި. އަނބިމީހާ އަށް އިންވެސްޓްމެންޓް އެއް ހޯދަންޏާ ލޯނެއް ނަގަން މި ޖެހެނީ.

ޢަލީ ވަހީދު 

"ލޯނު ރާއްޖެ އަށް ބަދަލުވެފައި އަޅުގަނޑުމެންގެ ރާއްޖެ މިއޮތީ" ޢަލީ ވަހީދު ވިދާޅުވިއެވެ. 

މިއާއެކު އަލީ ވަހީދު ވިދާޅުވީ އެއީ މީހުންގެ ވޯޓު ހޯދަން ދައްކަވާ ވާހަކައެއް ނޫން ކަމަށާ، އެ ބައްދަލުވުމުގައި ތިބި މީހުންގެ ތެރެއިން އެންމެ ތިން މީހުން ނަމަވެސް، އެމީހެއްގެ ބީއެމްއެލް އެކައުންޓް ގައި އަރަނީގެ ގޮތުގައި އެއް ލައްކަ ރުފިޔާ އިން ކަން ޔަގީން ކޮށްދެއްވައިފި ނަމަ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާނެ ކަމަށެވެ. 

ޢަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ލޯނު ނަގަން ޖެހި ދަރަނިވެރި ވީ ގައުމުވެސް އެ ހާލަތުގައި އޮތުމުން ކަމަށެވެ. އަދި ގައުމު އެ ހާލަތަށް ދިޔައީ 1 ރުފިޔާ 2 ރުފިޔާއަށް ހަދަން ނޭނގޭ ވެރިއަކަށް ވެރިކަން ކުރަން ހަވާލު ކުރުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ދިވެހި ރައްޔިތުން "ޕާޓީ ޓިކެޓަށް ވޯޓު ލާ ލާ، ހަފުސްވެފައިވާ" ކަން ފާހަގަކުރައްވައި ޢަލީ ވަހީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކަން ބަދަލު ކުރައްވައި ގައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ބޭފުޅަކަށް ވޯޓު ދެއްވުމަށް އެދި ވަޑައިގެންފަ އެވެ. އަދި އެއީ ގާސިމް ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.