ޢަލީ ވަހީދު-- ފޮޓޯ/ ޖޭޕީ
ހަބަރު
05 Sep 2023 | 09:29
ގާސިމަކީ މި ގައުމަށް ލިބުނު ރަން މުތެއް ކަހަލަ ބޭފުޅެއް: ޢަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ ދިވެހިރާއްޖެއަށް ލިބުނު ރަންމުތެއް ފަދަ ބޭފުޅެއް ކަމަށް، އެމަނިކުފާނުގެ އިންތިޚާބީ އޭޖެންޓް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމުލަ 8 ކެންޑިޑޭޓުން ބައިވެރިވާއިރު، އެ ބޭފުޅުންނަކީ ކޮންބައެއްކަން އެނގެންޖެހޭ ކަމަށެވެ. އަދި އެ ބޭފުޅުން ގައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދިން ކަންކަމަކީ ކޮބައިތޯވެސް ސުވާލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެން ސުވާކު ކުރަންވީ 8 ނަމާއި ދޭތެރޭ. ކާކަށްހޭ ވޯޓު ލަންވީ. ކީއްވެގެންހޭ. އެ ސުވާލުގެ ޖަވާބު ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިގައުމަށް މިދިޔަ 73 އަހަރު، ލިބުނު ރަންމުތެއް ކަހަލަ، ނަސީބެއް ކަހަލަ ކެންޑިޑޭޓެއް ގާސިމް އިބްރާހިމް އަކީ. 

ޢަލީ ވަހީދު 

ގާސިމަކީ ރަންމުތެއް ކަހަލަ ބޭފުޅެއްގެ ގޮތަށް ސިފަ ކުރެއްވި ސަބަބު ހާމަކުރައްވައި ޢަލީ ވަހީދު ވިދާޅުވީ، މީހަކު ބަލިވެގެން އެމަނިކުފާނުގެ އަރިހަށް، އެހީއަށް އެދި މީހަކު އައިސްފި ނަމަ، ދުވަހަކުވެސް ނޫނެކޭ ވިދާޅުނުވާ ކަމަށެވެ. އަދި އެ އެހީވެދިން މީހުންނަށް އެހީވެވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން ނޫން ކަމަށާ، އެއީ އެއްވެސް ސަބަބަކާއި ނުލައި އެމަނިކުފާނު ކުރެއްވި ކަމެއް ކަމަށް ޢަލީ ވިދާޅުވި އެވެ. 

އެހެންކަމުން މި ގައުމަށް މިހާރު ބޭނުންވަނީ، ގާސިމް ފަދަ ބޭފުޅެއް ކަމަށް ޢަލީ ވަހީދު ވިދާޅުވި އެވެ. އެހެނީ އެމަނިކުފާނަކީ ކީރިތި ގުރުއާނާއި، ކީރިތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ސުންނަތާއި އަދި ގާނޫނު އަސާސީގެ ތެރެއިން ވެރިކަން ކުރާނެ ވެރިއެއް ކަމަށްވެސް ޢަލީ ވަހީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.