ޢަލީ ވަޙީދު ނޫސްވެރިންނާ ބައްދަލުކުރަނީ --
ހަބަރު
07 Dec 2023 | 13:13
ޢަލީ ވަހީދު އަނެއްކާވެސް އެނބުރި އެމްޑީޕީއަށް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ކުރީގެ އެމްޑީޕީ ޗެއާޕާސަން ޢަލީ ވަހީދު އަނެއްކާވެސް އިދިކޮޅު މައި ޕާޓީ, އެމްޑީޕީއާ ގުޅިއްޖެއެވެ. 

މިކަން އިއުލާން ކޮށް އަލީ ވަހީދު މިއަދު ކުރި ޓުވީޓެއްގައި ބުނީ، 7 އަހަރާއި 7 ދުވަސް ފަހުން އޭނާ މިއަދުނއަލުން އެމްޑީޕީ ގުޅިފައިވާ ކަމަށެވެ. އަދި އެމްޑީޕީ އަކީ އޭނާގެ "ގެ" ކަމަށާ އޭނާ އަކީ މިހާރު ފަޚުރުވެރި އެމްޑީޕީ މެމްބަރެއް ކަމަށެވެ. 

"އިރާދަފުޅުން އެމް.ޑީ.ޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ޚިދުމަތް ކުރާނަން." 

ޢަލީ ވަހީދު 

އެމްޑީޕީ ޗެއާޕާސަންގެ މަގާމުވެސް އަދާކުރި އަލީ ވަހީދު އެޕާޓީން ވަކި ވުމަށް ގިނަ ދުވަސްތަކެއް ވަންދެން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ވެސް ހުއްޓެވެ.

އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕޭނު އޭޖެންޓެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވެފައިވާ އިރު، ކެންޕެއިންގެ ތެރެއިން އޭނާ ވަނީ އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 

އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދިމާކޮށް ޖުމްހޫރީ ޕާޓީން ވަކި ވުމަށްފަހު އޭނާ މިއަދާއި ޖެހެންދެންވެސް ހުރީ ވަކި ޕާޓީ އަކާއި ނުގުޅިއެވެ. 

ރިޔާސީ އިންތިހާބުގެ ކެންޕެއިން ފެށުމުގެ ކުރިން އޭނާ ދެ އަހަރު ވަންދެން އިނގެރޭސިވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުއްޓެވެ. އިނގިރޭސި ވިލާތަށް އޭނާ ދިޔައީ ކުރީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރި އިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ބޮޑެތި ތުހުމަތު ތަކާއިއެކު އޭގެ ދައުވާ އުފުލަން ކޯޓަށްވެސް ފޮނުވާފައި ވަނިކޮށް ބޭސް ފަރުވާ އަށް ކަމަށް ބުނެއެވެ. 

އޭރު ޕީޖީ އޮފީހުން ވަނީ ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައެވެ. 

ނަމަވެސް ހެކި ނެތް ކަމަށް ބުނެ އެ ދައުވާތައް ވަނީ އަލުން އަނބުރާ ގެންގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.