ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް--ފޮޓޯ/ ޖޭޕީ
ހަބަރު
01 Sep 2023 | 10:11
ކައިވެނި ނުކޮށް ތިބި ޒުވާނުން މެރީކުރަން ޑޭޓު ކަނޑައަޅުއްވާ؛ އަޅުގަނޑުމެންގެ ކެންޑިޑޭޓު ފުލެޓް ދެއްވާނެ: އަލީ

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކައިވެނި ނުކޮށް ތިބޭ ޒުވާނުން މެރީ ކުރަން ޑޭޓު ކަނޑައަޅުއްވަން ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގެ އިންތިޚާބީ އޭޖެންޓް ޢަލީ ވަހީދު އެދިވަޑައިގެންފިއެވެ. 

ހުޅުމާލޭ ފޭސް 2 ގައި ޖުމްހޫރީ ޕާޓީގެ އައު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ، މިވަގުތު ސިޔާސީ މައިދާނުގައި ތިބި ޚިޔާލު ތަފާތު އެންމެހާ ބޭފުޅުންގެ ތެރެއިން އެންމެން އެއްމޭޒެއް ދޮށަށް ގެނެސްގެން، އަދި ހުރިހާ ގައުމަކާއިވެސް ވާހަކަދެއްކޭނެ ބޭފުޅަކަށް ހުރީ ގާސިމް އެކަނި ކަމަށެވެ. ޗައިނާ އާއި އިންޑިއާ އާއި އަދި ސައުދީ އަރަބިއްޔާއާވެސް އެމަނިކުފާނު ބާއްވާނީ ގާތްގުޅުމެއްކަމުގައި އަލީ ވަހީދު ވިދާޅުވިއެވެ. 

ދުނިޔެ ގަބޫލުކުރާ ސްޓޭޓްްމޭން އެއް ނެތޭ ގާސިމް ނޫނީ. ގާސިމް އަށް އެކަން ކުރެވޭނެ. ގާސިމް އަށް އެނގޭނެ ލޯނު ރީ ސްޓްރަކްޗަރ ކުރަން. ގާސިމަކީ ހުރި ގޮތަށް ހުރި ގެރެންޓީޑް ޕްރޮޑަކްޓް އެކޭ. ޝާއިރު ވިދާޅުވެފައި އޮވޭ، ވިތާހިރު އެ ރަންމުތަކީ، އިތާގެ ބަނޑުން ވިހޭ ދަރިޔޭ. އަޅުގަނޑުމެން މާމިގިލިން ނަގައިގެން މިއުޅެނީ އިތާ މުތެއް ފަދަ ކެންޑިޑޭޓެކޭ އިނގޭތޯ. މިއީ ތޯތޯ އެއް ނޫނޭ އިނގޭތޯ. 

ޢަލީ ވަހީދު 

އަލީ ވަހީދު ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އަލަށް ކައިވެނިކުރާ ޒުވާނުންނަށް ފުލެޓު ލިބޭނެ ކަމަށެވެ. 

"އެބަހުރިތޯ މީހަކާ ނީނދެ ހުރި ކުއްޖެއް. ދެން ހުސް ފިރިހެން ކުދިން ގިނައީ.  އަލަތު ކައިވެންޏެއް ފަށާ. އަލަތު ކައިވެންޏެކަށް ދިރިއުޅުން ފަށާ ޒުވާނުން، ނުވަތަ ކުރީން ބޯހިޔާވަހިކަން ނެތް ޒުވާނުން. އަޅުގަނޑުމެންގެ މި މޭން ނަގައިފިއްޔާ 18,000 ފުލެޓު އަންނާނެ ތިބޭފުޅުންނަށް. އެހެންވީމާ ވޯޓު ލާންވީ. މެރީ ކުރަން ޑޭޓު ކަނޑައަޅަންވީ."

ޢަލީ ވަހީދު 

މީގެ އިތުރުން، ޒުވާނުންނަށް ޚާއްސަކޮށްގެން، ހުރިހާ ކުޅިވަރެއް ކުޅެވޭނެ ބޮޑު އޮލީމްޕިކް ސްޓޭޑިއަމް އެއް ފަސް އަހަރުގެ ތެރޭގައި ނިންމަވާ ދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ގާސިމްގެ މެނިފެސްޓޯއަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ގައުމީ ހުރިހާ ކުޅިވަރެއް ކުޅެން 10 ފަންގިފިލާގެ އިމާރާތެއް ވެސް އެޅިގެންދާނެ ކަމަށެވެ. 

ހަމައެހެންމެ، ހުރިހާ މަދަނީ ޖަމިއްޔާތަކަކަށް، ހުޅުމާލޭގައި އިމާރާތެއް އަޅައި، އެ ޖަމިއްޔާތަކަށް އެތަނުން ޖާގަ ދެއްވާނެ ކަމަށްވެސް އަލީ ވިދާޅުވިއެވެ. 

މީގެ އިތުރުން، ގާނޫނު ބަދަލުކޮށްގެން ހުރިހާ ފުޓްބޯޅަ ކުލަބު ތަކަކަށް ފައިސާ ލިބޭނެ ގޮތް ޔަގީން ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކުޅިވަރު ކުރި އަރުވަން، ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ވެސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.