މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ)/ ފޮޓޯ: މަޖިލިސް
ހަބަރު
11 Jul 2023 | 18:28
"32 ރަށުގެ ކުނި މެނޭޖުކުރުމުގެ ނަމުގައި 30 މިލިއަނުގެ ކޮރަޕްޝަނެއް ހިންގައިފި"

މި ސަރުކާރުން ކުނި މެނޭޖުކުރުމަށް 32 ރަށުގައި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ގްރީން ފަންޑުން 30 މިލިއަންގެ ކޮރަޕްޝަނެއް ހިންގާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ތުހުމަތު ކުރައްވައިފި އެވެ. 

ކ މާފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ފެނިގެންދާ ވީޑިއޯއެއް ހިއްސާކުރައްވާ ބޮންޑާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ނަމުގައި ގުރީންފަންޑުގެ ތެރޭން ދައުލުތަގެ ބަޖެޓުން އެތަކެއް މިލިއަން ރުފިޔާއެއް މިސަރުކާރުން ނަގާފައިވާއިރު އެ މަސައްކަތް ކުރަމުން ނުދާކަމަށެވެ. 

ބޮންޑާ ހިއްސާކުރެއްވި އެ ވިޑީއޯގައި ކުނި އުކާލާނެ ނިޒާމެއް ނެތުމުގެ ސަބަބުން ކުނި މެނޭޖު ނުކުރެވި ބޮޑު ސަރަހައްދަކަށް ކުނި އަޅާ ފެންހެދިފައިވާ ތަން ފެނިގެން ދެއެވެ. 

"ކުނި މެނޭޖްކުރުމުގެ ނަމުގައި ގުރީންފަންޑުގެ ތެރޭން ދައުލުތަގެ ބަޖެޓުން އެތަކެއް މިލިއަން ރުފިޔާއެއް މިސަރުކާރުން ނަގާފައިވާއިރު މާފުށި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް މިހާތަނަށް އެއްވެސްކަމެއް ކޮށްފައި ނުވާކަން ވެސް ފާހަގަކުރެވެއެވެ"

މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ބޮންޑާ ވިދާޅުވީ މާފުށީގެ އިތުރުން ވެސް ޒޯނު ތިނެއްގައި ހިމެނޭ ކ. އއ. އދ. ވ. މި ހަތަރު އަތޮޅުގައި ހިމެނޭ 32 ރަށުގެ ކުނި މެނޭޖްކުރުމުގެނަމުގައި ގުރީންޓެކްސް ގޮތުގައި މީރާއަށް ރައްޔިތުން ދައްކާ ފައިސާ މި ސަރުކާރުން ގުރީންފަންޑަށް ޖަމާކޮށްގެން 30,840,000.00 ރުފިޔާ ހިމެނޭ ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާ ކަމަށެވެ. 

"ޒޯނު 3 ގައި ހިމެނޭ ކ. އއ. އދ. ވ. މި ހަތަރު އަތޮޅުގައި ހިމެނޭ 32 ރަށުގެ ކުނި މެނޭޖްކުރުމުގެނަމުގައި ގުރީންޓެކްސް ގޮތުގައި މީރާއަށް ރައްޔިތުން ދައްކާ ފައިސާ މި ސަރުކާރުން ގުރީންފަންޑަށް ޖަމާކޮށްގެން 30,840,000.00 ރުފިޔާ ހިމެނޭ ބޮޑު ކޮރަޕްޝަނެއް ހިންގާފައިވާކަމަށް ބެލެވޭ"

މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

އެކަން ކަން ފާހަގަކުރައްވާ ބޮންޑާ ވަނީ ގްރީން ފަންޑުން ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަން ބެލުމަށް ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތައް ބެލުމަށް އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.