ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު/ ފޮޓޯ: ޕީޕީއެމް
ހަބަރު
11 Jul 2023 | 19:40
އަދީބު ފުރުވާލަނީ ދޮގުހެކި ދިނުމަށް ހަވާލުކުރި ވަޒީފާ އަދާކުރުމުން: ޑރ ޖަމީލު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރާއްޖެއިން ބޭރަށް ދާން ސަރުކާރުން ހުއްދަދިނީ ސަރުކާރުން ބުނާގޮތަށް ދޮގުހެކި ބަސް ދިނުމަށް ހަވާލުކުރި ވަޒީފާ އަދާކޮށް ނިމުމުން ކަމަށް ރައީސް ޔާމިނުގެ އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަދީބަށް ދިނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އެގޮތުން ޑރ ޖަމީލު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް އަމިއްލަ އިއުތިރާފުން ސާބިތުވުމުން ވެސް އަދީބުގެ މައްޗަށް ކުރި ޖަލުހުކުމް އޭނާ ތަންފީޒުކޮށްފައި ވަނީ ގޭގައި ކަމަށެވެ. އަދި އެ ޚިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން މިހާތަނަށް އެންމެ ފައިސާ ފޮއްޗެއް ވެސް ހޯދިފައި ނުވާކަމަށެވެ.

ސަރުކާރުން އަންގާ ގޮތަކަށް، އަންގާ މީހަކާއި ދޮގިހެކި ދިނުމަކީ އަދީބުގެ ވަޒީފާ ކަމަށާއި، އަދީބު ފުރުވާލަން ހުއްދަ ދިނީ އެ ވަޒީފާ އަދާކޮށް އޭނާ ނިންމުމުންކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، އަދީބު ރާއްޖެއިން ބޭރަށް ފުރުވާލުމަށް ހުއްދަދީފައިވާ މި ދަނޑިވަޅާއި ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ ދަނޑިވަޅެއް ކަމަށްވެފައި، ސަރުކާރުގެ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް ދައުލަތުން ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލި ދައުވާ ސާބިތުކޮށްދިނުމަށް އަދީބުގެ ހެކިބަސް ދީފައިވާ ވަގުތާއިވެސް އިއްތިފާގުވާ ވަގުތެކެވެ.

އެ ސަބަބާއި ހުރެ އަދީބު ފުރުވާލުމަކީ ސަރުކާރުން ހަދާފައިވާ ޑީލެއް ކަމަށާއި، އެ ޑީލު ހެދީ ރައީސް ޔާމިނާއި ދެކޮޅަށް ހެކިބަސް ދިނުމުގެ ބަދަލެއްގެ ގޮތުންކަމަށް އިދިކޮޅުން ދަނީ ތުހުމަތު ކުރަމުންނެވެ.

ފުއްގިރި މައްސަލައިގައި ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ނޫން އިތުރު ކާފީ ހެއްކެއް ނެތްކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

އެހެންކަމުން މިހާލަތުގައި އަދީބުގެ ހެކިބަހާއި ނުލާ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެތީ، އަދީބު ފުރުވާކަން ހުއްދަދިނުމަށް ދައުލަތަށް މަޖުބޫރުވެފައިވާކަމަށް ވެސް އިދިކޮޅުން ވަނީ މީގެ ކުރިން ތުހުމަތުކޮށްފަ އެވެ.

ކޮމެންޓް
ރަށުމީޙާ
ފުށްގިރި މައްސަލަ ކުރިޔަށް ނުދަނީ ޖަމީލުގެ ރޭވުމަކުން. ކްރިކް ނޫން މީހުންވެސް ބަލިވާނެ އެއްނު. ކްރިކް ބަލިވެ އުޅުއްވާތީ އަޑުއެހުން ކެންސަލް. ދެން ކްރިކް ރަނގަޅުވީމަ އަދީބު އަންނަންދެން މަޑުކުރާނީދޯ.
11 Jul 2023
ރަދުކުއްޖާ
ޖަމީލު ކުރީގައިގިރޭސިވިލާތުގަހުރެގެން މަނިކުފާނު ޔާމިނައް ވަގައްގޮވީވެސް މިހާރުވެރިކަމުގަތިބިމީހުން ބުނެގެންޛޯ އެހެންވީމާ ޖަމީލުއެކޭ އަޛީބެކޭ ކޮބާހުރި ތަފާތަކީ
13 Jul 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.