ދިޔާނާ ސައީދު-- ފޮޓޯ: ރާއްޖެއެމްވީ
ހަބަރު
12 Jul 2023 | 09:46
ގައުމެއް މިވަރަށް ފަސާދަވީމާ އެތަނަކަށް ދެން ބޭނުންވާނީ ނަބިއްޔަކު: ދިޔާނާ

ދިވެހިރާއްޖެ މިވަނީ ނަބީ ބޭކަލަކު ބޭނުންވާ މިންވަރަށް ފަސާދަވެފައި ކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. 

ދިޔާނާ މިފަދައިން ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތިރިޔާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފުރުމަށް ކަރެކްޝަންސްއިން ހުއްދަ ދިން ޚަބަރާއި، ޖިންސީ ގޯނާގެ ދައުވާ ތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖަލު ހުކުމް ބާތިލް ކުރުމާއިއެކު އޭނާ ރާއްޖެ އައި ޚަބަރާއި، އަދި ހައިކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ އިސްތިއުނާފް މައްސަލަ މަޑު ޖެހުނު ޚަބަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން ދިޔާނާ ވިދާޅުވީ، ގައުމެއް މިވަރަށް ފަސާދަ ވެއްޖެނަމަ، އެތަނަށް ދެން ބޭނުންވާނީ ނަބިއްޔަކު ކަމަށް މުސްކުޅިން ބުނެއުޅޭ ކަމަށެވެ. އެހެންނަމަވެސް، މިއީ ފަހު ޒަމާނަށް ވުމުން، އެކަން ނުވާނެ ކަމަށާ، އޭގެ ބަދަލުގައި ދެން ކުރެވެން އޮންނާނެ ކަމަކީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ރިސާލަތު ދިރުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެކަން ކުރަން މިތަނުގައި ތިބި ގިނަ މީހުން ވެސް ތިބީ މި ފަސާދައަށް ގެނބި ނިމިފައި." ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ މިފަދައިން ވިދާޅުވެފައި ވާއިރު، ދައުލަތުގެ ތިން ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވި އަދީބު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ސަރުކާރުން ދިނުމާއި އެކު އޭނާ ވަނީ މިހާރު ސިންގަޕޫރަށް ފުރާފައެވެ. 

އަދީބު ފުރި އިރު، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔުމަށްފަހު، އެ ދައުވާ އަނބުރާ ގެންދިޔުމުން އިއްޔެ އަލީ ވަހީދު ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. 

އަދި ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތަކުގެ ހުކުމް ކުރުމާއި ގާތް ވެފައި ވަނިކޮށް މައްސަލަ ބައްލަވާ ދެފަނޑިޔާރެއްގެ ޗުއްޓީގެ ސަބަބުން ޝަރީއަތް ކުރިއަށް ނުގެންދެވި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މުއްދަތު ހަމަވުމުގެ ކުރިން މައްސަލަ ނިމުމުގެ އެފުރުސަތު ވަނީ ކުޑަވެފައެވެ.

ކޮމެންޓް
ޞޮހަލޭ
މިއީ އެންމެ ފަހުގެ ރަސޫލާ މުޙައްމަދު ސއވ ގަބޫލުކޮށްގެން ހުރި މީހަކު ދައްކާނެ ކަހަލަ ވާހަކައެއްބާ؟؟؟؟ މިމީހުން ކޮންމެ ފަދަ އެއްޗެއް ވެސް ކިޔާފާނެ ސިޔާސީ ވެގެން ގޮސް މުރުތައްދު ނުން މިވެެވެނީ!
12 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް