ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް)
ހަބަރު
13 Jul 2023 | 13:42
މީސް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް ސަރުކާރުން އިސްތިއުފާ ދީފި

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ މީސް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ސަރުކާރުގައި އޭނާ އަދާކުރި ސިޔާސީ މަގާމުން އިސްތިއުފާ ދީފިއެވެ.

އެގޮތުން އިސްތިއުފާ ދެއްވިކަން ހާމަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއަށް ލިޔުއްވި ސިޓީގައި ވަނީ ސަރުކާރުގައި މަސައްކަތް ކުރުމުގެ ފުރުސަތަކީ ތަޖުރިބާއެއް ކަމަށް ފާހަގަކޮށް އަބަދުވެސް ބަހައްޓަވާ ގާތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާ ކޮށްފައެވެ.

އެހެންނަމަވެސް މިހާތަނަށް އަދާކުރައްވަމުން އައި ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުން އިސްތިއުފާ ދީފައިވާ ވަކި ސަބަބެއް ހާމަ ކޮށްފައެއް ނެތެވެ.

މީސް މީޑިއާ ތެރޭގައި ދެކެވޭ ވާހަކަތަކުގެ ތެރޭގައި ލޫކަސް އިސްތިއުފާ ދީފައިވަނީ މިރޭ ދަ ޑިމޮކްރަޓަސްއަށް ރައީސް ނަޝީދު ސޮއި ކުރެއްވުމަށް ބާއްވާ ޖަލްސާގައި ލޫކަސް ވެސް އެ ޕާޓީއަށް ސޮއި ކުރުމަށް ކަމަށް ދަނީ ބުނަމުންނެވެ.

މީގެ ކުރިން ލޫކަސް ވަނީ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމާއި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު އެޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، މީސް މީޑިއާގައި ސަރުކާރުތަކާއި ދެކޮޅަށް އަޑުއުފުލާ ފާޑު ކިޔާ ހަދާފައެވެ.

އެގޮތުން 2016 ވަނަ އަހަރު ލޫކަސް ވަނީ މިކަމުގެ ސަބަބުން ހައްޔަރުކޮށް ޖަލަށްވެސް ލާފައެވެ.

ނަމަވެސް މި ވެރިކަމުގައި ރައީސް ޞާލިހާއި ރައީސް ނަޝީދާއި ދެމެދު އަދި ޕާޓީގެ މެމްބަރުންގެ ތެރޭގައި އުފެދުނު ހަމަނުޖެހުމާއި ބައިބައިވުމުގެ ތެރޭގައިވެސް ލޫކަސް ވަކި ކޮޅަކަށް އަރާ މީސް މީޑިއާގައި އަޑުއުފުލާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.