ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ—-ފޮޓޯ: އެމްޑީޕީ
ހަބަރު
13 Jul 2023 | 22:34
މާފުށީގެ ރައްޔިތުންނަށް ރައީސް ޞާލިހުގެ ވައުދުތަކެއް!

ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކ. މާފުށީގެ ރައްޔިތުންނަށްޓަކައި ވައުދުތަކެއް ވެއްޖެއެވެ.

ރައީސް ޞާލިހާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ކެމްޕެއިން ކުރުމަށް މިރޭ މާފުށްޓަށް ވަޑައިގެންފައެވެ.

އަދި އެ ރަށުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް ފާހަގަކުރައްވާފައެވެ.

އެގޮތުން މާފުށީގެ ބިން އިތުރުކުރުމުގެ މަޝްރޫއަކާއި ޕިކްނިކް އައިލެންޑެއް ރައްޔިތުން އެދުން ގޮތަށް ހަދައިދެއްވާ، އެދެރަށް ގުޅުވުމުގެ މަަސައްކަތް ކުރިއަށް ދާކަމަށް ރައީސް ޞާލިހު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ބަނދަރުގެ ދަތިކަން ފިލުވުމަށްޓަކައި މިހާރަށްވުރެ ފުރިހަމަ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ރައީސް ޞާލިހު ވަނީ ފާހަގަކުރައްވާފައެވެ.

މިއާއިއެކު މާފުށީގެ ސިއްހީ މަރުކަޒަކީ އެމަނިކުފާނު ވެރިކަމަށް އައިއިރު ނަމަކަށް އޮތް ތަނެއް ކަމަށް ފާހަގަކުރައްވާ އޭރު ނުލިބުނު އެތައް ޚިދުމަތެއް މިހާރު ސިއްހީ މަރުކަޒުން ލިބިގެންދާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އަދި އެވަރުން ނިންމާނުލާ އެރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެތަނަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދާ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"މާފުށްޓައް އިތުރަށް ކޮށްދޭންޖެހޭ ކަންތައްތަކެއް އެބަ ހުރި." ރައީސް ޞާލިހު ވިދާޅުވިއެވެ.

މީގެ ތެރޭގައި ރަށު ރައްޔިތުން އެދޭގޮތަށް ރަށުގެ ބޮޑު މަގު ހަދައިދިނުމުގެ އިތުރުން ބަނދަރު ނިންމުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

"ދެން މާފުށީގައި އަޅުގަނޑުމެން ފަށާނެ މަސައްކަތަކީ މާފުށީގެ ރައްޔިތުން އެދޭ ގޮތަށް މާފުށީގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް. މި ބަނދަރު ނިމިގެން ދާއިރުގައި މި ސަރަހައްދުގައި ރަނގަޅު ފެރީ ޓާމިނަލްއަކާއި އެރައިވަލް ޖެޓީއެއް މި ޒަމާނުގެ ފެންވަރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމު ކުރާނަން."

ރައީސް ޞާލިހު

މީގެ އިތުރުން މާފުށީގެ ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކޮށް ސިއްހީ މަރުކަޒުގެ ޚިދުމަތް އިތުރަށް ފުރިހަމަ ކޮށްދޭނެ ކަމަށްވެސް ރައީސް ޞާލިހު ވައުދުވިއެވެ.

"ހިއްކި ބިމުގަ ފެނާއި ނަރުދަމާގެ ނިޒާމް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމު ކޮށްދީ އެތަނުގައި ބޯހިޔާވަހިކަން، ގެދޮރު އިމާރާތް ކުރަމުންދާއިރުގައި އެ ވަސީލަތްތައް އެގެދޮރަށް ލިބޭނެ ގޮތް އަޅުގަނޑުމެން ހަމަ ޖައްސަދޭނަން. ކުރިންވެސް ދެންނެވި ފަދައިން މާފުށީ ހޮސްޕިޓަލަކީ ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބިގެންދާ ހޮސްޕިޓަލަކަށް އަޅުގަނޑުމެން ބަދަލުކޮށްދޭނަން."

ރައީސް ޞާލިހު

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.