ސިޔާމު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
15 Jul 2023 | 14:50
ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު، މިނިސްޓަރުން ބަދަލެއް ނުކުރައްވާ: ސިޔާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު ކަމަށާއި މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ބަދަލެއް ނުކުރައްވާ ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

އެގޮތުން ރައީސް ޞާލިހަށް ތާއީދު ކުރައްވާ ކުރެއްވި ޓްވީޓުގައި ސިޔާމް ވިދާޅުވީ އެމަނިކުފާނުގެ 5 އަހަރުގެ މުޅި ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު ކަމަށާއި މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން އެމަނިކުފާނު ބަދަލު ނުކުރައްވާ ކަމަށެވެ.

އަދި ރައީސް ޞާލިހުގެ ދައުރުގައި ދިވެހިރާއްޖޭގެ ކޯޓުތަކަށް ނުފޫޒު ފޯރުވާތަނެއް ނުފެންނަ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

މިއާއިއެކު މުޅި ގައުމު ހަމަޖެހި، ރާއްޖެއަށް ފަތުރުވެރިން ކުރި ޒިޔާރަތް ރިކޯޑް އަދަދަށް އަރާ، އާއިލާތަކަށް އުފާވެރިކަން ރައީސް ޞާލިހު ގެނެސްފައިވާ ކަމަށް ވެސް ސިޔާމް ފާހަގަކުރެއްވިއެވެ.

އަދި މިކަންކަމުން ރަމްޒުކޮށްދެނީ ރައީސް ޞާލިހުގެ ހިންގުންތެރިކަމާއި، ކެތްތެރިކަމާއި، ހިކްމަތްތެރިކަން ކަމަށް ސިޔާމް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިބްތިޚާބަށް އެމްޑީއޭއިން ވަނީ ރައީސް ޞާލިހާއިއެކު ކޯލިޝަން ހަދައިފައެވެ. އަދި އެމަނިކުފާނު ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅުތަކުގައި އެޕާޓީގެ ލީޑަރު ސިޔާމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.
26 Jun 2026
އެންމެ ބޮޑަށް ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ޢާންމު ރައްޔިތުންގެ މުދާ
އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށާ، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
26 Jun 2026
ސްވީޑެންގެ ވަޒީރު އީޔޫގެ ބައްދަލުވުމަށް ވަޑައިގަތީ ތިން މަހުގެ ދަރިފުޅު ގޮވައިގެން
މޫސުމީ ސިޔާސަތުތަކާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަށް ދަރިފުޅު ގެންދެވީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ސިޔާސަތުތަކުގެ ފައިދާ ހާމަކޮށްދެއްވުމަށާއި ވަޒީފާއާއި ޢާއިލީ ޒިންމާތަކުން ކުރެ އެކަތި ޚިޔާރުކުރުމުގެ ބަދަލުގައި ދެކަންވެސް ކުރެވޭނެކަން ދައްކަވައިދެއްވުމަށް ކަމަށް ޕޯރމޮޚްތާރީ ވިދާޅުވިއެވެ.
26 Jun 2026
ގްރޫޕް ޑީން އޮސްޓްރޭލިއާ، އެމެރިކާ އަދި ޕަރަގުއޭ އަނެއް ބުރަށް
މެޗަށް ނިކުތްއިރުވެސް އެމެރިކާ އޮތީ ގްރޫއްޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައި
26 Jun 2026
ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ
26 Jun 2026
އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން
ރައީސް ޞާލިޙްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތެވެ.
26 Jun 2026
އައިވަރީ ކޯސްޓުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް
މީގެކުރިން ވޯލްޑް ކަޕްގައި ވާދަކުރި ތިން ފަހަރުވެސް ގްރޫޕް ސްޓޭޖުން ކެޓި އައިވަރީ ކޯސްޓަށް، ގަދަ 32 ޓީމުގެ ބުރަށް ދަތުރުކުރުމަށް މި މެޗުން ބޭނުންވީ އެންމެ ޕޮއިންޓެކެވެ.