ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ވޮއިސް
ހަބަރު
15 Jul 2023 | 15:29
އަމާޒަކީ 141 ރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ނިންމުން: ރައީސް

ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިހާރު ފެނާއި ނަރުދަމާފެ މަސައްކަތް ފަށާފައިވާ 141 ރަށުގެ މަސައްކަތް މި އަހަރު ތެރޭ ނިންމާލުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނަށް މ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ނާލާފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ. 

އެގޮތުން ރައީސް ވިދާޅުވީ މިހާރު އެކުލަވާލާފައިވާ އެމްޑީޕީ ކޯލިޝަނުން ޤަބޫލުކުރަނީ ތަފާތުކުރުމެއް ނެތި ނުވތަ ަކުޑަ ރށެއް ބޮޑުރަށެއް ނުބަލާ އަސާސީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށް ވެސް ފޯރުކޮށްދޭން ޖެހޭނެކަން ކަމަށެވެ. 

މި ސަރުކާރުން ނާލާފުށީފައި ނެފާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާނެ ކަމަށާއި، އެހެން ނަމަވެސް އެކި ސަބަބުތަކާއި ހުރެ މަސައްކަތް ލަސްވެގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ރައީސް ޞާލިހުގެ ވާހަކަފުޅުފައި ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް އަވަސް ސްޕީޑުގައި ނިންމާނެ ކަމަށާއި، އޭގެ އިތުރުން ވެސް ސަރުކާރުން މިހާރު ފެނާއި ނަރުދަމާގެ މަސައްކަތް ފަށާފައިވާ 141 ރަށުގައި އެ މަޝްރޫއުތައް ނިންމާ މިއަހަރު ނިމުމުގެ ކުރިން ޚިދުމަތް ދެވެން ފެށުމަށް ސަރުކާރުން ހުރީ އަމާޒުހިފާފައި ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މިހާރު ފަށާފައި މިއޮތް 141 ރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ފަށާފައި އޮތް މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުތެރޭގައި މުޅިން ނިންމާ ހުރިހާ ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދިނުން"

ރައީސް ޞާލިހު

ރައީސް ޞާލިހު ރިޔާސީ ކެމްޕޭނަށް މ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ ކޮޅުފުއްޓަށެވެ. އެފަހުން ދެން ވަޑައިގަތީ ނާލާފުއްޓަށެވެ. 

އެ ދެރަށުން ވެސް ވަނީ ރައީސް ޞާލިހަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.