ރައީސް ޞާލިހު ނާލާފުށީ ޖަލްސާގައި/ ފޮޓޯ: ވޮއިސް
ހަބަރު
15 Jul 2023 | 15:45
ކުދި ރަށްތައް ތަރައްގީނުވެ އޮތީ ވެރިން ސިޔާސީ ވިސްނުން އިސްކުރާތީ: ރައީސް ޞާލިހު

މިހާ ހިސާބަށް އައިރު ކުދި ރަށްތައް ތަރައްގީނުވެ އޮތީ ކުރީ ސަރުކާރުތަކުގައި ވެރިކަން ކުރެއްވި ފަރާތްތައް ސިޔާސީ ވިސްނުން އިސްކުރައްވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު މ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ނާލާފުށީގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުން، ވެރިކަމާއި ހަވާލުވެވަޑައިގަންނަވަނީ ވެސް އެ ފަސް އަހަރު ނިންމާ ދެވަނަ ދައުރެއް ހޯދުމުގެ ވިސްނުމުގައި ކަމަށެވެ. އަދި ވެރިކަން ކުރައްވާއިރު ޓާގެޓު ކުރައްވަނީ ގިނައިން ވޯޓު ލިބޭނެ އާދާބީތައް ދެނެގަނެ އެ ތަންތަނަށް ޚިދުމަތް ކުރުމަށް ކުރުމަށް ކަމަށެވެ. 

ނަތީޖާއެއްގެ ގޮތުން ކުދި ރަށްތަކަށް ކުރީގެ ސަރުކާރުގައި އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައިކަން ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. 

"ކުދި ރަށްރަށަށް ތަރައްގީ ނައިސް މި އޮތީ، އޭރަކު ހުންނެވި ވެރިއެއްގެ ސިޔާސީ ވިސްނުން އިސްކުރާތީ. އަބަދުވެސް ފެންނަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ އިންތިޚާބު. އެހެންވީމާ އަމާޒު ހިފަނީ ވޯޓުލިބޭ ތަންތަނަށް. ގިނައިން ވޯޓު ފޮށި ބަހައްޓާ ތަންތަނަށް"

ރައީސް ޞާލިހު 

ކުދި ކުދި އާބާދީތަކުގައި ދިރިއުޅޭ މީހުންނަކީ ސިޔާސީ ބައެއް ލީޑަރުންގެ ނަޒަރުގައި އެމީހުންނަށް އިންތިޚާބުތަކުގައި މާބޮޑު މަންފާއެއް ކުރާނެ ބައެއް ނޫންކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެ ވާހަކައާއި ގުޅުވާ ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު އެކަމުގައި ވަރަށް ތަފާތު ކަމަށެވެ.

އެގޮތުން އެމަނިކުފާނާއި، މިހާރު ކޯލިޝަން ހަދައިގެން ތިއްބެވި ބޭފުޅުން ވެސް ޤަބޫލުކުރައްވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ތަފާތު ކުރުމެއް ނެތި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވެން ޖެހޭނެކަން ކަމަށް ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. 

އެއާއެކު ރައީސް ޞާލިހު ވިދާޅުވީ ރާއްޖެ ދެކެން ބޭނުންވާ އަމާންކަމާއި ފާގަތިކަން ހޯދައިދެވޭނީ ކުދިރަށްތަކާއި ބޮޑެތި ރަށްތަކުގެ މެދުގައި ސަރުކާރުތަކުން ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާއިގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.