ރައީސް ޞާލިހު ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
15 Jul 2023 | 20:39
ޕެޕާ ސްޕްރޭއާއި މިރުހު ދުމަށް ކުރާ ޚަރަދުކުރުން ހުއްޓާލައިފިން: ރައީސް ޞާލިހު

މުޒާހަރާތައް ކޮންޓްރޯލުކުރުމަށް ފުލުހުން ޖަހާ ޕެޕާ ސްޕްރޭއާއި މިރުހުދުމަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރުން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ރިޔާސީ ކެމްޕޭނަށް މ އަތޮޅަށް ކުރައްވާ ދަތުރުޅުގައި ނާލާފުއްޓަށް ވަޑައިގެން އެ ރަށުގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ރައީސް ޞާލިހު ވިދާޅުވީ މުޒާހަރާތައް ކޮންޓްރޯލުުކުރުމަށް ފުލުހުންގެ އަތަށް ދިނުމަށް މީގެ ކުރިން ޕެޕާ ސްޕްރޭއާއޮ މިރުހު ދުމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރަމުން އައިސްފައިވާ ކަމަށެވެ. 

އެހެން ނަމަވެސް މިހާރު އެކަންކަން އެގޮތަށް ކުރުން ހުއްޓާލާފައިވާނެ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ.

"ދައުލަތުގެ ބަޖެޓުން މީގެކުރިން ގިނަ ޚަރަދުތަކެއް ކުރަން ޖެހިފައި އޮތް ޕެޕާ ސްޕްރޭ އަށާއި، މިރުސް ދުމަށް. އެހެން ނަމަވެސް މި ސަރުކާރުގައި އެކަން ބަދަލުކޮށްފިން"

ރައީސް ޞާލިހު

އެމަނިކުފާނު އެ ވިދާޅުވީ މުޒާހަރާތައް ކޮންޓްރޯލުކުރުމަށް މިހާރު އާންމު ރައްޔިތުންގެ ގަޔަށް ޕެޕާ ޕްރޭޖެހުމާއި މިރުހދުން ޖެހުންފަދަ ކަންކަން ކުރުން ހުއްޓުވާފައިވާކަމަށެވެ. 

އެގޮތުން ފުލުހުންގެ ޚިދުމަތަށް ވެސް ކުރިއާއި ޚިލާފަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

އެމަނިކުފާނު އެފަދައިން ވިދާޅުވި ނަމަވެސް އިދިކޮޅުން ކުރާ މުޒާހަރާތަކުގައި ފުލުހުން މިހާރު ވެސް ގެންދަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންނެވެ. އަދި މުޒާހަރާތައް ރޫޅާލުމަށް މީހުންގެ ގަޔަށް ގިނަ އަދަދަދަކަށް ޕެޕާ ސްޕްރޭ ޖަހާ މަންޒަރުތައް ވެސް ފެނިގެން ދެއެވެ. 

އޭގެ އިތުރުން މުޒާހަރާތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށްގެން ވެސް ފުލުހުން ޕެޕާ ސްޕްރޭ ޖަހާތީ އެކަން ކަމާއި ގުޅުންހުރި އިދާރާތަކަށް ވެސް ވަނީ ހުށައަޅާފަ އެވެ. އަދި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާ ޖަމުއިއްޔާ ޖަމާއަތްތަކުން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން އެފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.