ޕީއެންސީގެ ނައިބު ރައީސް ސައީދު/ ފޮޓޯ: ޕީޕީއެމް
ހަބަރު
15 Jul 2023 | 22:15
ސައީދު ފަނޑިޔާރުންނަށް: އިތުރު 5 އަހަރު އިންޑިއާގެ ގޮހޮރަށް ކާންދޭން ޤައުމު ދޫކޮށްނުލާ!

ޤައުމީ ވާޖިބަށް އިސްކަންދީ ޤައުމު އިތުރު 5 އަހަރު އިންޑިއާގެ ގޮހޮރަށްކާން ދޫކޮށްނުލުމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށް ގޮވާލައިފިއެވެ.

އެގޮތުން ސައީދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރު ހިންގާ ޤައިރުޤާނޫނީ މައްސަލަތައް ބައިނަލްއަޤްވާމީ ފަރާތްތަކަށް ސާފުވާނެ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްތިއުނާފަށް ސަރުކާރުން ހުރަސްއަޅާ އެމަނިކުފާނުގެ އިންތިޙާބީ ޙައްޤަށް ހުރަސްއަޅަމުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެކަން ހަމަ ހުރިހާ ފަރާތްތައްވެސް އިއްތިފާޤުވާ ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންގެ ސަޕޯޓަރުން އެފުރުސަތު ސަރުކާރަކަށް ނުވެސްދޭނެ ކަމަށް ވެސް ސައީދު ފާހަގަކުރެއްވިއެވެ.

މިއާއިއެކު ޤައުމީވާޖިބަށް އިސްކަންދީ ޤައުމު އިތުރު 5 އަހަރު އިންޑިއާގެ ގޮހޮރަށްކާން ދޫކޮއްނުލުމަށް ފަނޑިޔާރުންނަށް އިޙްތިރާމްއާއިއެކު ގޮވާލައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލަ ވާނީ ކޮމަންވެލްތުގެ ސަމާލުކަމަށްވެސް ގެނެސްފައި ކަމަށް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ރިޔާސީ އިންތިޚާބަށާއި ރައީސް ޔާމީނުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ބުނެ އިދިކޮޅުން އަންނަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.