ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އިންޓާނެޓް
ހަބަރު
17 Jul 2023 | 11:11
އޮގަސްޓު މަހަށްފަހު އިންޓަނެޓްގެ އަގު ބޮޑުތަނުން ހެޔޮވާނެ: ރައީސް ޞާލިހު

2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ކެންޕެއިން ކުރެއްވި އިރު ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް، އިންޓަނެޓް ގެ ޚިދުމަތުގެ އަގު ހެޔޮ ކުރެވިފައިވާ ކަމަށާ، އަދި ކުރިއަށް އޮތް އޮގަސްޓު މަހަށްފަހު ބޮޑުތަނުން އަގު ހެޔޮވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ވ. ރަކީދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިހު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއި އެއްވަރަށް ދިވެހިއްރާއްޖެވެސް ފައިހަމަ ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި އިންޓަރނެޓަކީ މުހިންމު ވަސީލަތެއް ކަމަށްވާއިރު، އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ވައުދުވެވަޑައިގެންނެވީވެސް އެ ސަބަބަށްޓަކައި ކަމަށް ވިދާޅުވިއެވެ. 

ސަރުކާރުގެ ޚިދުމަތްތައް އަޅުގަނޑުމެން މިގެންދަނީ ޑިޖިޓަލައިޒް ކުރަމުން. ފަސޭހައިން އެމީހަކު ތިބި ތަނަކުން ޚިދުމަތް ލިބޭނެ ގޮތެއް ހޯދުން. އެގޮތުން އަޅުގަނޑުމެންގެ 2018 ވަނަ އަހަރު ވީ ވައުދާއި އެއްގޮތަށް، އިންޓަނެޓް ގެ ޚިދުމަތް އަގުހެޔޮ މިހާރު ވާނީ ކުރެވިފައި.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ އިންޓަނެޓްގެ ދުވެލި ހަލުވިކޮށް އަދި އިތުރަށް އަގުހެޔޮ ކުރެވޭނެ ގޮތްތައް ފަހި ކުރަމުންދާ ކަމަށާ، އެގޮތުން ފްރާންސްގެ މާސޭ އިން ސިންގަޕޫރަށް އެ އަޅާ ސަބްސީ ކޭބަލް ރާއްޖެއަށް އެންގަން ކުރެވުމުން ހިދުމަތުގެ އަގު ބޮޑުތަނުން ހެޔޮ ވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

"އިރާދަކުރެއްވިއްޔާ އޮގަސްޓް މަހުގެ މެެދުތެރޭގައި ފްރާންސްގެ މާސޭ އިން ސިންގަޕޫރަށް އެ އަޅާ ސަބްސީ ކޭބަލް ރާއްޖެއަށް އެންގަން ކުރެވިގެންދާނެ. ނަތީޖާއަކަށް ވެގެންދާނީ މިހާރު އަޅުގަނޑުމެންނަށް ލިބޭ އިންޓަނެޓްގެ ހިދުމަތް އަގުހެޔޮވެ ހަލުއިވެގެން ދިއުން،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ ސަރުކާރުގެ ކުރަން އުޅޭ ކަމަކީ ހިދުމަތުގެ ތެރެއަށް ވަނުން ނޫން ކަމަށެވެ. އެހެނެއް ކަމަކު އެކަން ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން ކުރަން މި އުޅޭ ކަަމަކީ ކޮންމެހެން އިންޓަނެޓްގެ ހިދުމަތް ރައްޔިތުންނަށް ރީ-ޓެއިލް ހިދުމަތުގެ ތެރެއަކަށް ވަންނާކަށް ނޫން. މޮބައިލް ހިދުމަތް ދޭކަށް ނޫން. މިހާރުވެސް ހިދުމަތް އެ ދޭ ފަރާތްތަކާއި އަލުން އޭގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން،"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ސަރުކާރުގެ އިންޓަނެޓު އަގު ހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓަނެޓުގެ އަގަށް ގެނައި ބަދަލާއެކު ޕެކޭޖުތަކުގެ އަގު ހެޔޮ ވެފައި ވީ ނަމަވެސް، އަގު ހެޔޮ ކުރެވުނު ގޮތާއި މެދު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.