މިނިސްޓަރު އިމްރާނު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
17 Jul 2023 | 11:16
"އަޅުގަނޑުމެން މުޒާހަރާއަށް ނިކުމެއްޖެއްޔާ މާ އަޑު ގަދަވާނެ، ހިފަހައްޓައެއް ވެސް ނުލެވޭނެ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރިޔާސީ ކެމްޕޭނަށް ރަށްރަށަށް އަރާވަޑައިގަތުމުން އެމަނިކުފާނާއި ދެކޮޅަށް ވާދަވެރިން މުޒާހަރާކުރާނަމަ، އެ ފަރާތްތަކާއި ދެކޮޅަށް ނިކުންނަން ޖެހިދާނެކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަދި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުالله އިންޒާރު ދެއްވައިފި އެވެ. 

ރައީސް ޞާލިހު މ އަތޮޅަށް ކުރެއްވި ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ބައެއް ރަށްރަށުން ވަނީ އެމަނިކުފާނު ވަޑައިގެންނެވުމާއި އެކު، އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގޮސްތިބި ބައެއް ރައްޔިތުން ވަނީ އެމަނިކުފާނަށް "ވަގަށް" ގޮވާފައެވެ. 

މ ދިއްގަރުގައި އޮތް ރައީސް ޞާލިހުގެ ކެމްޕޭނު ހަރުގެ ޖަލްސާއެއްގައި އިމްރާނު ވަނީ އެ ހަރަކާތްތަކާއި ގުޅިގެން ނުރުހުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ސިޔާސީ ވެރިން ރަށްރަށަށް ވަޑައިގަތުމުން، އެމީހުންނާއި ދެކޮޅަށް އަޑުގަދަކޮށް މުޒާހަރާ ކުރުމަކީ 2000 ވަނަ އަހަރުގެ ކުރީކޮޅުގެ މާޒީގެ ތެރެއަށް ދޫކޮށްލާފައިވާ ކަންކަން ކަމަށެވެ. 

އެހެންކަމުން ރައީސް ޞާލިހު ރަށްތަކަށް ވަޑައިގަތުމުން ޕީޕީއެމާއި ދަ ޑިމޮކްރެޓްސް ނިކުމެ ކުރަމުންދާ މުޒާހަރާތައް ހުއްޓާލުމަށް ނަސޭހަތްތެރިވާކަމަށް އިމްރާނު ވިދާޅުވި އެވެ. 

"ސިޔާސީ ހަރަކާތް ހިންގަން އަބަދު ކުރަން އޮތް ކަމަކީ މުޒާހަރާކުރުންކަމަށް (ހެދިޔަކަ) ނުދޭނަން. ރައީސް ވިދާޅުވިހެން ސިޔާސީ ހަރަކާތް ހިންގަން މިއަދު ރާއްޖެ ތަސައްރަފު ފުދިފަ މި އޮތީ، ޑިމޮކްރަސީއަށް ފައްކާވެފައި މިއޮތީ މިއަދުގެ ހާލަތުގައި ވައުދު ވިއްކައިގެން، ސިޔާސަތު ވިއްކައިގެން، ތިމަންނަމެން ރައްޔިތުންނަށް ކޮށްދޭނީ ކޮން ކަމެއްކަން ބުނެދީގެން، އެކަން އަމަލީގޮތުން ސާބިތުކޮށްދީގެން މިއަދު ސިޔާސީ މަސައްކަތް ކުރާނީ"

ހޯމް މިނިސްޓަރު އިމްރާނު 

އެއާއެކު އޭނާ ވިދާޅުވީ ރައީސް ޞާލިހުގެ ފަހަތްޕުޅުގައި ތިއްބެވީ ޕީޕީއެމާއި ދަ ޑިމޮކްރެޓްސްއަށް ވުރެ މުޒާހަރާތަކަށް މާ ފަރިތަ ބޭފުޅުންކަމަށެވެ.

މިހާރު ރައީސް ޞާލިހު ރަށްތަކަށް ވަޑައިގަތުމުން އިދިކޮޅުން ކުރަމުންދާ މުޒާހަރާތައް ތަކުރާރު ކުރާނަމަ، އެބޭފުޅުންގެ ލީޑަރުން ވަޑައިގަތުމުން ވެސް ރަށްތަކުގައި މުޒާހާރާކުރަން ޖެހިދާނެ ކަމަށާއި، އޭރުން ހިފަހައްޓާ ނުލެވޭނެކަމަށް އިމްރާނު ވިދާޅުވި އެވެ. 

"ގަޔަށް ބޮލަށް އެރި ދުވަސްވަރު ހިނގައްޖެ. މިއަދު އެކަން ނިންމާލައްވާ. ހުރިހާ ބޭފުޅުން ނިންމާލައްވާ. ހުރިހާ ޕާޓީތަކުން ނިންމާލައްވާ. އެކަން އެގޮތަށް ކުރަން ބޭނުން ނެތްނަމަ، ދެން ވެސް އެކަން ކުރަން މާ މޮޅު ޓީމެއް ރައީސާއި އެކު އެބޮތް. އަޅުގަނޑުމެން މާ ބާރަށް މުޒާހަރާކުރާނަން. މާ އަޑުގަދަވާނެ، މާ މުޒާހަރާކުރާނެ"

ހޯމް މިނިސްޓަރު އިމްރާނު

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ