ފުރުޤާން މިސްކިތް
ހަބަރު
17 Jul 2023 | 13:07
އިންޑިއާ "ހިންދޫއެއް" މަސްތުގެ ހާލަތުގައި މިސްކިތަށް، ފުލުހުން މައްސަލަ ނުބަލައި ދޫކޮށްލައިފި!

އިންޑިއާ އަށް ނިސްބަތް މީހަކު "ހިންދޫ" ދީނުގެ މީހެއް މަސްތުގެ ހާލަތުގައި ހުރެގެން ފުރުގާން މިސްކިތަށް އަރައި އަޅުކަންކުރަން އުޅުނު މައްސަލަ ބެލެން ނެތް ކަމަށް ބުނެ ފުލުހުން އޭނާ ދޫކޮށްލައިފިއެވެ. 

މިހާދިސާ ހިނގި އިރު އެ ތަނުގައި ހުރި މީހަކު "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި، ރޭ ފުރުގާން މިސްކިތުގައި އިޝާ ނަމާދު ޖަމާއަތުގައި ހަރަކާތްތަކާއި، ޖަމާއަތުގެ އަދަބާއި ހިލާފު އަމަލުތައްކޮށްފައިވާތީ އެމީހާއާއި އެވަގުތު މިސްކިތުގައި ތިބި ބައެއް މީހުން އެމީހާ ކުރާ ކަމަކާއި ގުޅޭ ގޮތުން ސުވާލު ކުރިއެވެ. އޭނާއަކީ މުސްލިމެއްތޯ ސުވާލުކުރުމުން އެއީ ހިންދޫއެއްކަމާއި، އޭނާގެ ކަލާނގެއަކީ ޝިވާކަމަށް އޭނާ ބުނެފައިވެއެވެ. އެމީހާ މިސްކިތައް އެރީ އަޅުކަން ކުރާނެ ތަނެއް ނެތިގެން އަޅުކަންކުރަން ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށް އޭނާ ބުނެފައިވާކަމަށް އޭނާއާއި ވާހަކަ ދެއްކި މީހާ ވޮއިސްއަށް މައުލޫމާތު ދީފައިވެއެވެ.

މިސްކިތުގައި ތިބި މީހުން އޭނާ ގާތުގައި އެފަދައިން، މިސްކިތުގައި ކަންކަން ނުކުރެވޭނެ ކަމަށް ބުނުމުން މިސްކިތުން ނުކުމެ، މިސްކިތުގެ ވުޟޫ ކުރާ ތަނަށް ގޮސް ކުޑަކަމުދިޔުމަަށްވެސް އޭނާ މަސައްކަތް ކުރި ކަމަށް އެތަނުގައި ހުރި މީހަކު މައުލޫމާތު ދިނެވެ. ނަމަވެސް، މީހުން އޭނާ ހުއްޓުވައި ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާ، އޭނާގެ އަމަލުތައް ހުރި ގޮތުންނާއި، ގައިން ދުވާ ވަހުން، އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވޮއިސް އަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި ފަހުން އޭނާގެ މަސައްކަތް ކުރާތަނުގެ ވެރިމީހާވެސް އެތަނަށް ހާޒިރުކޮށްފައިވެއެވެ.

އެގޮތުން އިންޑިއާ މީހާއަކީ މަސްތުގެ ހާލަތުގައި ވަރަށް ގިނައިން އުޅޭމީހެއްކަމަށާއި، މަސައްކަތައް ފިލައިގެން އުޅޭ މައްސަލާގައި ފުލުހަށްވެސް ރިޕޯޓްކޮށްފައިވާކަމަށް އޭނާ މަސައްކަތް ކުރާތަނުގެ ވެރިމީހާ މައުލޫމާތު ދީފައިވެއެވެ.

އިންޑިއާގެ މީހާގެ މައްސަލަ ރިޕޯޓް ކުރުމުންވެސް ފުލުހުން އެމީހާ ހައްޔަރު ކޮށްފައި ނުވާ ކަމަށާ، އޭނާއާއި މެދު ފިޔަވަޅު އަޅައި އިމިގްރޭޝަން އާއި ހަވާލުވެސް ކުރެވޭނީ އޭނާގެ ސްޕޮންސާ ރިޕޯޓް ކުރުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވޮއިސްއަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި އެމީހާ ދޫކޮށްލަން ފުލުހުން އެދުނު ކަމަށްވެސް މައުލޫމާތު ދިން މީހާ ބުންޏެވެ. 

ފުލުހުން މިފަދައިން ބުނި ނަމަވެސް، އޭނާގެ ރާއްޖެ ގެނެސްފައިވާ ފަރާތުން އޭނާގެ މައްސަލަ ތަކުރާރުކޮށް ފުލުހަށް ހުށަހަޅާފައިވާކަމަށް ވެރިފަރާތް ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައިގައި ފުލުހުންގެ ބަހެއް ލިބޭތޯ "ވޮއިސް" އިން ކުރި މަސައްކަތުން މިހާތަނަށްވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.