ރައީސް ޞާލިޙް ފެލިދުއަށް ވަޑައިގަތުން. ފޮޓޯ: އެމްޑީޕީ
ހަބަރު
17 Jul 2023 | 14:03
ރައީސް ޞާލިޙް ފެލިދުއަށް ވަޑައިގެންފި

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވ ފެލިދުއަށް ވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރުމަށް ވ އަތޮޅަށާއި މ އަތޮޅަށް ރައީސް ޞާލިޙް ކުރައްވަމުންމިގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ވ ރަކީދޫ އަދި ކެޔޮދުއަށް ވަޑައިގެންފައެވެ.

 ރައީސް ޞާލިޙް ރަކީދޫ އަށް ވަޑައިގެން އެރަށު ބަނދަރު ހުޅުވައިދެއްވައިފައިވެއެވެ. އަދި އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރިޔަށް ގެންދިޔަ މަޝްރޫޢުގެ ނިމުން ވަނީ ފާހަގަކޮށްދެއްވައިފައެވެ.

މިމަހު 15 ދުވަހު ރައީސް މ އަތޮޅަށާއި ވ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ  ޓީމުން ވަނީ މ. ކޮޅުފުށި، ނާލާފުށި، މުލި މުލަށް، ވޭވަށް، ރަތްމަންދޫ، ދިއްގަރު އަދި މަޑުއްވަރިއަށް ވަޑައިގެންފައިވެއެވެ.

ރައީސް ޞާލިޙް މ އަތޮޅުގެ ރަށް ރަށަށް ވަޑައިގެން ބައެއް ރަށްރަށުގައި ނިމިފައިހުރި ތަރައްޤީގެ މަޝްރޫޢު ތައް ވަނީ އިފްތިތާޙް ކޮށްދެއްވައިފައިވެއެވެ.

އެގޮތުން ކޮޅުފުށީ ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވައިފައެވެ. އަދި  އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުންވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. މީގެ އިތުރުން މ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕޯސް ހޯލާއި އާ އަށް ކްލާސް ރޫމްގެ އިމާރާތް ހުޅުއްވައިދެއްވައިފައިވެއެވެ.

ނާލާފުއްޓަށް ވަޑައިގެން އެރަށު ފެނަކަ އިންޖީނުގެ ހުޅުވައިދެއްވައިފައިވެއެވެ. މުއްޔަށް ވަޑައިގެން އެރަށު ގައި ގާއިމް ކޮށްފައިވާ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަ ކޮށްދެއްވައިފައިވެސް ވެއެވެ. އަދި މުލަކަށް ވަޑައިގެން އެރަށު ހެލްތް ސެންޓަރުގެ އެކްސްޓެންޝަން ހުޅުވައިދެއްވައިފައިވެއެވެ.

ވ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.