ވ. ފެލިދޫ
07 Mar 2024
ފެލިދޫގެ ބިންހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނަން
ފެލިދެ އަތޮޅު ފެލިދޫގެ ބިންހިއްކުމުގެ މަސައްކަތް އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމަނުއްވައި، މިއަހަރު އެ މަޝްރޫޢު ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފެލިދޫގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
07 Mar 2024
އެޗްޑީސީގައި ހިނގާފައިވާ ނާޖައިޒް ކަންކަން އޭސީސީއަށް
ކުރީ ސަރުކާރުގައި އެޗްޑީސީ ހިންގަން ތިބި ވެރިން ވަނީ ނާޖާއިޒު ގިނަ ކަންތައްތަކެއް އެ ކުންފުނީގެ ތެރޭގައި ހިންގާފައި ކަމަށާއި އެކަންކަމާ ގުޅޭ އެތެރޭގެ އޮޑިޓެއް ހެދުމަށް ފަހު، މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
14 Feb 2024
ފެލިދޫ ބަލިކޮށް ކެޔޮދޫ އިން އަތޮޅު ޗެންޕިއަންކަން ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ވ. އަތޮޅު އަތޮޅު ފައިނަލުގެ ދެވަނަ ލެގުގައި އަންގާރަދުވަހުގެ ރޭ ފެލިދޫ އާއި ކެޔޮދޫ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކެޔޮދޫ އިން އަތޮޅު ޗެންޕިއަންކަން ހޯދައިފިއެވެ.
10 Feb 2024
ފައިނަލުގެ ފުރަތަމަ ލެގުގައި ފެލިދޫ އަތުން ކެޔޮދޫ އަށް ފަސޭހަ މޮޅެއް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ވ. އަތޮޅު އަތޮޅު ފައިނަލުގެ ފުރަތަަމަ ލެގުގައި ހުކުރުދުވަހުގެ ރޭ ފެލިދޫ އާއި ކެޔޮދޫ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 5-2 ގެ ނަތީޖާއަކުން ކެޔޮދޫ އިން ކާމިޔާބުކޮށްފި އެވެ.
02 Feb 2024
30 އަހަރަށްފަހު ފެލިދޫއިން އިންޖީނުގެ ގަދަ އަޑު ކެނޑިއްޖެ!
30 އަހަރަށްފަހު ވ. ފެލިދޫގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް ނިއްވާލައި، އެ ރަށުގައި ސްޓެލްކޯއިން ޤާއިމްކުރި އައު ޒަމާނީ އިންޖީނުގެއިން ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.
06 Nov 2023
އަސާސީ ހައްޤެއް ހިފެހެއްޓޭނީ ޤާނޫނާ ތަޢާރަޒް ނުވާގޮތަށް
ފެލިދޫ ކައުންސިލްގެ ފަރާތުން ނިންމާފައިވަ ނިންމުމަކީ ގާނޫނު އަސާސީގެ ދަށުން އެ ކައުންސިލަށް ލިބިދޭ ބާރެއް ނޫންކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރސީއެމް) އިން ބުނެފިއެވެ.
06 Nov 2023
ޚިދުމަތަކުން ރައްޔިތަކު މަހްރޫމް ކުރެވޭނީ ގާނޫނީ އިމުގެ ތެރެއިން
ކައުންސިލަކުން ފޯރުކޮށްދޭ ޚިދުމަތަކުން ރައްޔިތަކު މަހްރޫމް ކުރެވޭނީ ޤާނޫނުއަސާސީ އާއި އެއްގޮތްވާގޮތުގެ މަތީން ހެދިފައިވާ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން އެކަން ކުރުމުގެ ބާރު ލިބިގެން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
17 Jul 2023
"ވިސްނުމަކަށް ނުބަލާ ވައުދުތައް ފުއްދަމުން މިދަނީ"
މި ސަރުކާރުން ވައުދުތައް ފުއްދާއިރު، އެ ރަށެއްގެ ރައްޔިތުންގެ ސިޔާސީ ފިކުރަށް ނުބަލާނެ ކަމަށާ، އެހެންނަމަވެސް ރައްޔިތުންގެ ވިސްނުން ހުރިގޮތް ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.