ވ ފެލިދޫ
ހަބަރު
06 Nov 2023 | 13:00
ކައުންސިލަކުން ފޯރުކޮށްދޭ ޚިދުމަތަކުން ރައްޔިތަކު މަހްރޫމް ކުރެވޭނީ ގާނޫނީ އިމުގެ ތެރެއިން: އެލްޖީއޭ

ކައުންސިލަކުން ފޯރުކޮށްދޭ ޚިދުމަތަކުން ރައްޔިތަކު މަހްރޫމް ކުރެވޭނީ ޤާނޫނުއަސާސީ އާއި އެއްގޮތްވާގޮތުގެ މަތީން ހެދިފައިވާ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން އެކަން ކުރުމުގެ ބާރު ލިބިގެން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ. 

ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން ފިރިން އަދި ދަރިންނަށް ކައުންސިލްގެ ފަރާތުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތެއް ނުދިމުމަށް ކައުންސިލުން ނިންމުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އޮތޯރިޓީން ބުނެފައިވަނީ،  ކައުންސިލްތަކަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރުމަކީ އެކަމުގެ ސަބަބުން ކައުންސިލުތަކަށް ދަތިތަކާ ކުރިމަތިވާނެ ކަމެއްކަމަށާއި އެހެންނަމަވެސް ކައުންސިލުތަކުގެ ނިންމުންތައް ނިންމަން ވާނީ ގާނޫނުގެ ދަށުން އާންމު ރައްޔިތުންނަށް ލިބޭ ހައްގުތަށް ނުގެއްލޭ ގޮތަށް ކަމަށެވެ. 

މީގެ އިތުރުން އެއްވެސް ކައުންސިލް އިދާރާއަކުން ފޯރުކޮށްދޭ ހިދުމަތްތަކުން އެއްވެސް ރައްޔިތަކުން މަހުރޫމްކުރެވޭނީ ގާނޫނީއަސާސީއާއި ހިލާފުނުވާނޭހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެކަންކުރުމުގެ ބާރުލިބިގެންކަމަށް އެ ބަޔާނުގައި ބުނެފައިވާއިރު، ކައުންސިލާއި އަމިއްލަ ފަރުދަކާ މެދު ކުރެވޭ މަދަނީ މުއާމަލާތެއްގެ ތެރެއިން އެފަރާތުން ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކުން، ގާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް ރައްޔިތަކާމެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމުގައި ދެކޭ ކަމަށް ވެސް އެ އިދާރާއިން ނެރުނު ބަޔަނުގައި ވަނީ ބުނެފައެވެ. 

ރަށެެއްގެ ރައްޔިތުން އެއަށް އަމަލުކުރުމަށް ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއް ވާންވާނީ ގާނޫނަކުން ނުވަތަ ގަވާއިދަކުން އެއަށް ބާރު ލިބިގެން ނިންމޭ ނިންމުމަކަށް 

އެލްޖީއޭގެ ބަޔާން 

އެލްޖީއޭ ގެ ބަޔާނުގައި ވިދާޅުވީ އެގޮތަށް ފަރުދީ ހައްގެއް، ކައުންސިލްތަކަށް ނުހިފެހެއްޓޭނެ ކަމަށާއި ކައުންސިލަކާއެކުވެވޭ މަދަނީ މުއާމަލާތަކާ ގުޅިގެން ދައްކަން ޖެހޭ ފައިސާއެއް ނުދެއްކުމަކުން އެމީހަކާ މެދު ފިޔަވަޅު އަޅަންވާނީ މުއާމަލާތް ކުރުމަށް ހަދާ އެއްބަސްވުމާއި އެއްގޮތަށް ގާނޫނާއި ގަވައިދުގެ މަތިން ކަމަށެވެ.

ހަމަމިއާއެކު ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާނޭހެން ނިންމުންތައް ނިންމުމަށް ކައުންސިލްތަކަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. 

ކޮމެންޓް
ފެލިދޫ ވައިބް
ކައުންސިލްގެ ރައީސް ހިތްތިރިވާނީ އަންހެން ކޮމެޓީގެ ރައީސާއަށް އެކަނި. . އެހެންމީހުނާމެދު މާ ހަރުކަށި ގޮތްގަނޑެއް ހުންނަނީ
06 Nov 2023
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.