އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު-- ފޮޓޯ/މިހާރު
ހަބަރު
07 Mar 2024 | 09:12
އަބުރު ކަތިލިޔަސް، އެޗްޑީސީގައި ހިނގާފައިވާ ނާޖައިޒް ކަންކަން ބަލައި އޭސީސީއަށް ހުށަހަޅާނަން: ފަޒުލް

ކުރީ ސަރުކާރުގައި އެޗްޑީސީ ހިންގަން ތިބި ވެރިން ވަނީ ނާޖާއިޒު ގިނަ ކަންތައްތަކެއް އެ ކުންފުނީގެ ތެރޭގައި ހިންގާފައި ކަމަށާއި އެކަންކަމާ ގުޅޭ އެތެރޭގެ އޮޑިޓެއް ހެދުމަށް ފަހު، މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެވތެރެއިން، ވ. ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ އެޗްޑީސީ އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާ ކުންފުނި އެ ހާލަތަށް ގެނައުމަށްޓަކައި ޒިންމާވާންޖެހޭ މީހުން ވާ ކަމަށެވެ.

އެހެންކަމުން، އެކަންކަން ބެލުމަށް ކުންފުނީގެ އޮޑިޓް ރިޕޯޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ، ރިޕޯޓުން ފާހަގަވާ ކަންކަން ހިއްސާ ކުރަންޖެހޭ ފަރާތްތަކާއި ހިއްސާ ކުރައްވަމުންދާ ކަމަށް ފަޒުލް ވިދާޅުވި އެވެ. 

"ކުންފުނީގެ ހާލަތަކީ ރަނގަޅު ހާލަތެއް ނޫން، ކުންފުނީގެ ދަރަންޏަކީ 10 ބިލިއަން ރުފިޔާ. މި ދަރަނި ހިންގި ބަޔަކު ނޫނީ މި ދަރަނި މިހާ ހިސާބަށް ގެނައި ބަޔަކު އެބަވޭ. މިކަންކަމަށްޓަކައި ޒިންމާވާން ޖެހޭ ފަރާތްތަކެއް އެބަވޭ. އަޅުގަނޑުމެންގެ އޮޑިޓް ރިޕޯޓްތައް ހެދެމުން ދަނީ. ބައެއް އޮޑިޓް ރިޕޯޓްތައް އަޅުގަނޑުމެން ހިއްސާ ކުރަން ޖެހޭ ފަރާތްތަކާ ހިއްސާކުރަމުން އެބަ ގެންދަން. މި ހިއްސާ ކުރުމުގައި އަޅުގަނޑުމެންގެ އަބުރު ކަތިލިޔަސް ރައްޔިތުންގެ ހައްގުގައި މިކަންކަން ހާމަކޮށްދޭނަން،" 

އިބްރާހީމް ފަޒުލް ރަޝީދު

މިއާއެކު ފަޒުލް ވަނީ ތިލަފުށީގެ 35 ބިން ދީފައިވަނީ އެއްގޮތަކަށް ވެސް އެ ބިން ހައްގުވާ ބަޔަކަށް ނޫން ކަމަށާ، އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ތަންތަން ދީފައި އޮތްއިރު އެއީ އެޗްޑީސީން އާންމުކޮށް ކުރާ ކަމެއް ވެސް ނޫން ކަން ފާހަގަކުރައްވާފައެވެ.

"އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، 35 ބިން ހުރިހާ ވިޔަފާރިތަކަކަށް ފުރުސަތު ނުލިބި ނޫނީ އާންމު ރައްޔިތުންނަށް ފުރުސަތު ނުލިބި ގެއްލިގެން ދިޔައީ. ހަގީގަތުގައި މިއީ އެޗްޑީސީއަށް ލިބެންޖެހޭ ވަރަށް ބޮޑު އާމްދަނީއެއް ގެއްލިގެން ދިޔައީ،" 

އިބްރާހީމް ފަޒުލް ރަޝީދު

ފަޒުލް ވަނީ އުސޫލާއި ޚިލާފަށް އެ ދޫކުރި ބިންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، ކަންކަމާއި ގުޅޭ އޮޑިޓް ހަދައި ނިމުމުން އޭސީސީއަށްވެސް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. 

"މީގެ ތެރޭގައި އޮޑިޓް ރިޕޯޓްތަކެއް ހެދިގެން މީގެ ކުރީގެ މެނޭޖްމަންޓުން މީގެ ޒިންމާ އުފުލަން ޖެހޭނެ ކަން އަޅުގަނޑު އިއުލާން ކުރަން. އަދި މިއާ ބެހޭ މައްސަލަތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އޭސީސީއަށާއި އެހެން ތަންތަނަށް ހުށަހަޅާނަން."

އިބްރާހީމް ފަޒުލް ރަޝީދު

ފަޒުލް އިތުރަށް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭ 800 މިލިއަންގެ އާމްދަނީ އެޗްޑީސީއަށް ލިބެން ކަމަށާއި އެ އާމްދަނީ ހޯދުމަށް މެނޭޖްމެންޓުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

ރޭގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް 

މިއާއެކު ފަޒުލް ވަނީ، އެޗްޑީސީގައި އޭނާ ހަވާލުވެ ހުންނެވި މަގާމުގެ މަސައްކަތަކީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވައި އެ މަޤާމުގެ މަސްއޫލިއްޔަތުގެ ތެރެއިން ދިމާލަށް އަންނަ ކޮންމެ ގަލަކުން ރެކެން ހުރީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަކީ މީހަކު ދައްކާ ވާހަކައަކަށް، ބިރަކަށް ހަޤީޤަތް ހާމަނުކުރާނެ މީހެއް ނޫން. އަޅުގަނޑު ހުއްޓުވަން ޒާތީ މައުލޫމާތު އާންމުކުރިޔަސް އަޅުގަނޑަކީ ފަހަތަށް ޖެހޭނެ މީހެއް ނޫން. ހީނުކުރައްވާތި އަޅުގަނޑުގެ ވާހަކަތައް ހުއްޓުވިދާނެ ކަމަށް، އަޅުގަނޑުގެ އަޒުމާއި ކެތްތެރިކަން މާ ވަރުގަދަ" 

އިބްރާހީމް ފަޒުލް ރަޝީދު

ފަޒުލް ވިދާޅުވި ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ވެސް އެ ހައްގު އެންމެ ވެލި ފުކުއް ވެސް އުނި ނުކޮށް ހަވާލުކުރާނެ އެވެ. އެހެން ނަމަވެސް ބިން ދިނުމުގައި ވެސް އެޗްޑީސީން ނާޖައިޒު ކަންތައްތަކެއް ހިންގާފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"މީގެ ތެރެއިން އެއްވެސް ބޭފުޅަކު ގަބޫލު ކުރައްވާނަންތޯ ގުރުއަތު ނަގައިގެން އަޅުގަނޑާއި އަޅުގަނޑު އަނބިމީހާއަށް ނޫނީ ތިޔަ ބޭފުޅުންނާއި ތިޔަބޭފުޅުންގެ އާއިލާ ބޭފުޅުންނަށް ޖެހިޖެހިގެން ގޯތި ލިބިދާނެ ކަމަށް. އަޅުގަނޑުގެ ބުއްދި ގަބޫލެއް ނުކުރޭ. އެެހެންވީމަ މިއީ މީގެ ތެރޭގައި ހިންގާފައިވާ ވަރަށް ބޮޑު ކަންތައްތަކެއް އެކުލެވިގެންވާ ކަމެއް. އެހެންވީމަ މި ކަންކަން ވެސް ދިރާސާކޮށް އޮޑިޓް ކުރެވިގެންދާ ކަން ފާހަގަކުރަން،" 

އިބްރާހީމް ފަޒުލް ރަޝީދު

މީގެއިތުރުން ފަޒުލް ވިދާޅުވި ގޮތުގައި ކުރީގެ މެނޭޖްމެންޓުން ގާތްގަނޑަކަށް 50 މަޝްރޫއު އިއުލާންކޮށް، އަވަސް އަރުވާލައިގެން އެކަން އެކި ފަރާތްތަކަމާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެޗްޑީސީއަށް އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.