އެޗް.އާރް.ސީ.އެމް އިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ހަބަރު
06 Nov 2023 | 15:37
އެއްވެސް އަސާސީ ހައްޤެއް ހިފެހެއްޓޭނީ ޤާނޫނޫ އަސާސީއާއި ތަޢާރަޒް ނުވާގޮތަށް: އެޗްއާރސީއެމް

ފެލިދޫ ކައުންސިލްގެ ފަރާތުން ނިންމާފައިވަ ނިންމުމަކީ ގާނޫނު އަސާސީގެ ދަށުން އެ ކައުންސިލަށް ލިބިދޭ ބާރެއް ނޫންކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރސީއެމް) އިން ބުނެފިއެވެ. 

ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން ފިރިން އަދި ދަރިންނަށް ކައުންސިލްގެ ފަރާތުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތެއް ނުދިމުމަށް ކައުންސިލުން ނިންމުމާ ގުޅިގެން އެޗްއާރސީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންކުރާ އެއްވެސް އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއް އެެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ޤާނޫނު އަސާސީއާއި ތަޢާރަޟްނުވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ދީމިޤރާތީ މުޖްތަމައެއްގައި މިފަދަ ހައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެެއްޓިދާނެކަމަސް ޤަބޫލުކުރެވޭ މިންވަރަށްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ. 

ވުމާއެކުކައުންސިލުން ފޯރުކޮށްދެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއް އެއްވެސް ފަރާތަަކަށް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް ޤާނޫނު ނަމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން ނެތްކަމުގައި އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. 

އެހެންކަމުން ފެލިދޫ ކައުންސިލުން ނިންމާފައިވާ ފަދަ ނިންމުމެއް ނިންމުމުގެ ބާރު ޤާނޫނު އަސާސީން އެ ކައުންސިލަށް ލިބިފައިނުވާ ކަމުގައި އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

އެހެންކަމުން ފެލިދޫ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ، ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފެލިދެއަތޮޅު ފެލިދޫ ކައުންސިލަށް ޤާނޫނީ ހަމަތަކުގެ މަތިން ލިބިފައިވާ ބާރެއް ނޫންކަމުގައި ދަންނަވަމެވެ. 

އެޗްއާރސީއެމް

މީގެ އިތުރުން ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އަނބިން، ފިރިން އަދި ދަރިންނަށް ކައުންސިލްގެ އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދިނުމަށް ނިންމާފައިވާ ނިންމުމަކީ އެޗްއާރސީއެމް އިން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައިވާތީ، ފެލިދެ އަތޮޅު ފެލިދޫ ކައުންސިލްގެ އެ ނިންމުން ބާޠިލްކުރުމަށް އެ ކައުންސިލަށް އަންގައިފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުން އެޗްއާރސީއެމް ގެ ބަޔާނުގައި ބުނެފައިވަނީ ފެލިދޫގެ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މައްސަލައަށް ހައްލު ހޯދަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމުގައި އެ ކައުންސިލަށް އަންގައިފައިވާނެކަމަށެވެ. 

މީގެ އިތުރުން އެޗްއާރސީއެމް ގެ ބަޔާނުގައި ވަނީ ހުރިހަ ކައުންސިލަކުންވެސް އިންސާނީ ހައްޤުތަކަށް އިޚްތިރާމްކޮށް އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ކުރިއަރުވާ އަދި ކައުންސިލްތަކުން ނިންމަވާ ކަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ރައްޔިތުންނަށް ލިބިދެވޭ ހައްޤުތަކަށް އުނިކަން ނާންނާނެގޮތަށް ނިންމަވާ ނިންމެވުންތަކެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ. 

ފެލިދޫ ކައުންސިލްގެ މި ނިންމުމާއިގުޅިގެން ލޯކަލް ގަވަރމެންޓް އޮތޯރިޓީ އެލްޖީއޭއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.