ފެލިދޫ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވާހަކަދައްކަވަނީ--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
07 Mar 2024 | 10:37
ފެލިދޫގެ ބިންހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނަން: ރައީސް ޑރ.މުޢިއްޒު

ފެލިދެ އަތޮޅު ފެލިދޫގެ ބިންހިއްކުމުގެ މަސައްކަތް އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމަނުއްވައި، މިއަހަރު އެ މަޝްރޫޢު ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފެލިދޫގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން މިއަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ، މަޝްރޫޢުތަކަށް 'ކުދިކުދި އަދަދު ކަނޑައަޅައިގެން' ކަމަށެވެ. އެގޮތުން ކަނޑައަޅާފައިވާ ފައިސާގައި މަޝްރޫޢުތައް ފަށައި ކުރިއަށްގެންދާނެހާ މިންވަރުވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެގޮތުން ފެލިދޫގެ ބިން ހިއްކުމުގެ މަޝްރޫޢުއަށް ވެސް ކަނޑައަޅާފައިވާ ފައިސާ އަކީ އެކަން ކުރެވޭ ވަރަށްވުރެ މަދު ފައިސާ ކަމަށާ، އެހެން ނަމަވެސް އަމާޒަކީ މިއަހަރު އެ މަސައްކަތް ފަށައި ނިންމާލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮންމެ ގޮތެއްވިއަސް ބިން ހިއްކުމަކީ އަޅުގަނޑު ވީ ވަޢުދެއް. އަދި އެއީ މި ރަށަށް އެންމެ މުހިންމު މައްސަލަ ހައްލު ކުރުމަށް ކުރަންޖެހޭ ކަމެއް. އެހެންވީމާ، މި މަޝްރޫޢު މި ރަށުގެ ފަޅުތެރޭ، ޖާގަ އޮތް މިންވަރަކުން، ލޭންޑްޔޫސް ޕްލޭންގައި ހިމަނާފައި އޮތް ވަރަށް އިރާދަކުރެއްވިޔާ ހިއްކައިދޭނެ ކަމަށް ޔަގީންކަން ދެން. އެކަން މި އަހަރުގެ ތެރޭގައި ވީހާވެސް އަވަހަށް ފަށާނަން. ބަޖެޓްގައި ކަނޑައެޅިފައިވާ މިންވަރަކުން މަޝްރޫޢު ފެށޭ އަވަސް މިން ލަސްމިން ޑިޕެންޑްވޭ. އެއީ ކުރީގައި ފަށައިފިއްޔާ އެޑްވާންސް ޕޭމަންޓް ނުދެވޭ ވަރަށް ފައިސާ ޖަހާފައި ހުރިއްޔާ މަޝްރޫޢު މެދުތެރެއިން ހުއްޓެނީ. އެހެންވީމާ މަޝްރޫއު ލަސްކޮށްލަންޖެހޭ އަހަރުގެ މެދުތެރޭއަށް ނޫނީ އެއަށްވުރެ ފަހަށް. ކޮންމެ ގޮތެއް ވިޔަސް މިއަހަރު ތެރޭގައި މަސައްކަތް ފަށައި ނިންމާލުން އަޅުގަނޑުގެ އަމާޒަކީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ވެސް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަތްފޯރާ ފަށުގައި ހައުސިންގ ލޯނު ސްކީމުތައް ވެސް ތައާރުފު ކުރާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވިއެވެ.

ފެލިދޫގެ ތަރައްޤީއަށް ރޭވިފައިވާ ކަންކަމުގެ ތެރެއިން، އެރަށު ސްކޫލުގައި އިމާރާތްކުރުމަށް ނިންމާފައިވާ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލް ބިނާކުރާނީ ބިމުން ބޮޑު ޖާގައެއް ނުގެއްލޭނެހެން، 4 ބުރި އިމާރާތެއްގެ ގޮތަށްކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ އިޢުލާނުކުރައްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ފެންވަރު މަތިކޮށްދީ، ކުޅިވަރު ކުޅުމަށްޓަކައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ރައްޔިތުން އެދޭ ގޮތަށް ހައްދަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.