ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕީީ
ހަބަރު
17 Jul 2023 | 16:45
"ވިސްނުމަކަށް ނުބަލާ ވައުދުތައް ފުއްދަމުން މިދަނީ؛ ނަމަވެސް ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ބަލާނަން"

މި ސަރުކާރުން ވައުދުތައް ފުއްދާއިރު، އެ ރަށެއްގެ ރައްޔިތުންގެ ސިޔާސީ ފިކުރަށް ނުބަލާނެ ކަމަށާ، އެހެންނަމަވެސް ރައްޔިތުންގެ ވިސްނުން ހުރިގޮތް ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ވ. ފެލިދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، ރަށެއްގެ ރައްޔިތުންގެ ސިޔާސީ ފިކުރު ސަރުކާރާއި ތަފާތު ވިނަމަވެސް އެކަން އެކަހެރިކޮށް އެ ރަށަކަށް ބޭނުންވާ ތަރައްގީ މިސަރުކާރުން ގެނެސްދެމުންދާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފެލިދޫއިން އެމަނިކުފާނަށް ތާއީދު ލިބިލައްވާފައި ނުވި ނަމަވެސް، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ރަށަށްވެސް ގިނަ ކަންކަން ކޮށްދެވިފައިވާ ކަމަށް ވިދާޅުވި އެވެ. 

2018 ވަނަ އަހަރުގެ މި ރަށުގެ (ފެލިދޫގެ) ނަތީޖާ އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އެއްވެސް ރަށެއް އަޅުގަނޑު ބާކީއެއް ނުކުރަން. މިރަށުގައި މިހާތަނަށް، ގާތްގަނޑަކަށް މި ވޭތިވެދިޔަ ފަސް އަހަރުގެ ތެރޭގައި، މިވަނީ ބޮޑު ބަނދަރެއް އެޅިފައި. ސްކޫލަށް ބޭނުންވެފައި އޮތް މަލްޓިޕާޕަސް ހޯލް ނިމިއްޖެ. ކުޑަކުދިންގެ ޕާކު ގާއިމް ކުރެވިއްޖެ. އިންޖީނުގޭގެ އިމާރާތް ނިމިއްޖެ. އަދި އަޅުގަނޑުމެން ވައުދުވީ ގޮތަށް ފެނާއި ނަރުދަމާގެ މަސައްކަތް މިރަށުގައި މިހާރު އެދަނީ ކުރިއަށް. ދައުރު ނިމުމުގެ ކުރިން އިރާދަކުރެއްވިޔާ އެހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކޮށް ނިންމާނަން. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މީގެ އިތުރުން ފެލިދޫ ގޮނޑުދޮށް ހިމާޔަތް ކޮށް ހޮސްޕިޓަލު ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

މިއާއެކު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވަނީ ފެލިދޫގެ ރައްޔިތުން އެކަމާއި މެދު ވިސްނެވުމަށް އެދިލައްވާފައެވެ. އަދި 2018 ވަނަ އަހަރުގެ އިންތިޚާބުގައި، އެމަނިކުފާނުގެ ކޯލިޝަނަށް ލިބުނު ތާއީދަށްވުރެ ބޮޑު ތާއީދެއް ކުރިއަށް އޮތް އިންތިހާބުގައިވެސް ލިބޭނެ ކަމަށާ އެމަންޒަރު މިހާރުވެސް ފެންނަމުންދާ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. އެހެންކަމުން، ފެލިދޫ ރައްޔިތުންވެސް ބާކީ ނުވުމަށް އެމަނިކުފާނު ވަނީ އެދިލައްވާފައެވެ. 

އަޅުގަނޑު އެދެނީ ފެލިދޫ ރައްޔިތުންގެ ކިބައިން، ބާކީވެވަޑައިނުގަންނަވާށޭ. އަޅުގަނޑުމެންނާ އެކީ ކުރިއަށް ވަޑައިގަންނަވާށޭ. ވާ ވައުދުތައް އަޅުގަނޑުމެން މިދަނީ ފުއްދަމުން. ވިސްނުމަކަށް ނުބަލާ. އެހެން ނަމަވެސް، އެހެންނަމަވެސް، ރައްޔިތުންގެ ވިސްނުން ހުރިގޮތް އެއީ ސަރުކާރަކުން ބަލާނެ ކަމެއް. އަޅުގަނޑުމެން އަންނާނަން ތިބޭފުޅުން ކައިރިއަށް. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނިންމޭނީ އެމަނިކުފާނުގެ ކޯލިޝަން ކުރިއަށް އޮތް ދައުރަށް އިންތިހާބު ކޮށްގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.