ރައީސް ޞާލިހު ތިނަދޫ ގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ
ހަބަރު
17 Jul 2023 | 21:57
އިންތިޚާބުގައި ވާދަކުރަން އެކަނިވެސް ނުކުމެވިދާނެ: ރައީސް ޞާލިހު

ކުރިއަށް ރިޔާސީ އިންތިހާބުގައި އެހެން ޕާޓީ ތަކާއި ކޯލިޝަން ނުހަދައި އެކަނިވެސް ވާދަކުރެވިދާ ކަމަށާ، އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެމްޕެއިނަށް ވ އަތޮޅަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ތިނަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އުފާވެރި އަމާން ރާއްޖެއެއް ގެނެވޭނީ ގުޅިފައިވާ، ގިނަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއި އެކުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ ވިސްނުމަކީ ރާއްޖޭގައި ތިބި، ތަފާތު ޚިޔާލު ތަކުގެ މީހުންނާއި އެކު މަޝްވަރާ ކޮށްގެން ކުރިއަށް ދިޔުން ކަމަށްވެސް ވިދާޅުވި އެވެ. 

މިއަދު ޢަދާލަތު ޕާޓީއާއި އެމްޑީއޭ އަޅުގަނޑުމެންނާއި އެކީގައި އެތިބީ އެހެންވެ. އަޅުގަނޑުމެންގެ ނިންމުންތައް ނިންމާނީ، މި އުފާވެރި އަމާން ރާއްޖެ ރައްޔިތުންނަށް ހޯދައި ދިނުމުގައި، މި ދެންނެވި ބޭފުޅުންގެވެސް (އަދާލަތު އަދި އެމްޑީއޭ) މަޝްވަރާއާއި އެކީގައި. އަޅުގަނޑު ހިތުން، ރާއްޖޭގައި އެބަތިބި، ތަފާތު ވިސްނުމުގެ ބޭފުޅުން. އެއީ ސަރުކާރެއް ހިންގާއިރުގައި، އަދި ތަރައްގީ ވަމުންދާ ގައުމެއްގައި މިކަން ކުރަންޖެހޭނޭ ގޮތް. އެހެންވީމާ ކޯލިޝަނަކާއި އެކީގައި ކުރިއަށް މިދަނީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު އެކަނިވެސް ވާދަކުރައްވަން ނުކުންނެވިދާނެ ކަމަށެވެ. އެހެންނަމަވެސް އެކަން ނުކުރައްވަނީ އެއީ ގައުމަށް އެންމެ ބޭނުންތެރި ގޮތް ނޫން ކަމަށްވާތީ ކަމަށެވެ. 

އަޅުގަނޑަށް އެކަނިވެސް މިކަމަށް ނުކުމެވިދާނެ. އެހެންނަމަވެސް އެއީ އެކީއެއް މި ގައުމަށް އެންމެ ބޭނުންތެރި ގޮތެއް ނޫން އަދި. މިގައުމަށް އެންމެ ރަނގަޅު ގޮތް ހޯދޭނީ މިފަދަ ކޯލިޝަންއަކާއި އެކީގައި. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭގެ ކޯލިޝަނަށް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.