ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕީީ
ހަބަރު
19 Jul 2023 | 16:49
މިއީ ރާއްޖޭގެ ފަހުގެ ތާރީޚްގައި އެންމެ ކުށް މަދު ފަސް އަހަރު: ރައީސް ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ދައުރުގެ ފަސް އަހަރަކީ މި ރާއްޖޭގެ ފަހުގެ ތާރީޚް ދެކުނު އެންމެ ކުށް މަދު ފަސް އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ތުރާކުނަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، މިސަރުކާރުން ގެންނަ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވެނީ މުޖުތަމަޢު އަމާންކަންމަތީގައި އޮންނާތީ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކަށް ވާނީ ރާއްޖެއަކީ އަމާން ތަނަކަށް ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

މިއާއެކު ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނުގެ މި ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ ފަހުގެ ތާރީޚް ދުށް އެންމެ ކުށް މަދު ފަސް އަހަރު ކަމަށެވެ. 

މި ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރުގައި، މިއީ، މި ރާއްޖޭގަ ފަހުގެ ތާރީޚުގައި އެންމެ ކުށް މަދު ފަސް އަހަރުގެ ގޮތުގައި ފުލުހުން ރިޕޯޓް ކޮށްފައި އެބައޮތް. އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރުގައި، މި ޕަސެންޓޭޖް، މިއަށްވުރެ އަޅުގަނޑުމެން ދަށް ކުރާނަން. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ މިއަހަރު ސެޕްޓެމްބަރު މަހުގައި ބޭއްވޭ ރިޔާސީ އިންތިޚާބު، ބޮޑުތަނުން އެއްބުރުން އެމަނިކުފާނު ކާމިޔާބު ކުރައްވައި، ކުރިއަށް އޮތް ދައުރުގައިވެސް ރައްޔިތުން އެދޭ އަމާން ރާއްޖެ އެއް ހޯދައި ދެއްވާނެ ކަމަށެވެ. 

މިއީ ފަހުގެ ތާރީޚްގައި އެންމެ ކުށް މަދު ފަސް އަހަރު ކަމަށް ރައީސް ޞާލިހު ވިދާޅުވާއިރު، މިއީ ރާއްޖޭގެ ފަހުގއ ތާރީޚްގައި ހިނގައިދިޔަ އެންމެ އަނިޔާވެރި ގަތުލުތައް ހިނގައިދިޔަ އަހަރުތައް ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ. އަދި އެއްޖިންސުން ގުޅުން ހިންގުމާއި، ހަށި ވިއްކުންފަދަ ނުބައި ފާހިޝް އަމަލުތައް މި ފަސް އަހަރުގެ ތެރޭގައި އިންތިހާއަށް އިތުރުވެފައި ވާއިރު, އެ މައްސަލަތައް ބަލައި ތަހުގީގުކޮށް ކުށްވެރިންނަށް އަދަބު ނުދެވޭ ކަމުގެ ޝަކުވާވެސް އާންމުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.