އަދީބަށް ހޮސްޕިޓަލުގައި ފަރުވާދެނީ/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
22 Jul 2023 | 12:24
ބޭރުގައި ހުރެގެން ބޭސްފަރުވާކުރަން އަދީބަށް ދިން މުއްދަތު އިތުރުކުރަން އެދިއްޖެ!

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ ޖަލުހުކުމެއް ގޭގައި ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ގޮސް ބޭސް ފަރުވާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތު އިތުރުކޮށްދިނުމަށް އޭނާ އެދިއްޖެ އެވެ. 

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ގައެވެ. އޭނާ ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިނުމުން ނެވެ.

އެ ޓެސްޓުތައް ހަދާ، ފަރުވާ ހޯދުމަށް އޭނާގެ ހާލަތަށް ބަލައި ކެރެކްޝަނުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. 

އެހެންކަމުން މިއަދުގެ ނިޔަލަށް ބޭސްފަރުވާކޮށްގެން އަދީބު މާލެ އަންނަން ޖެހޭނެ އެވެ.

އެހެން ނަމަވެސް އަދީބު ވަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް ކަރެކްޝަންސްއަށް ހުށައަޅާފައެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް އަދީބަށް ހުއްދަދިން މުއްދަތު އިތުރުކުރުމަށް އޭނާ ހުށައަޅާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް އެ ހުއްދަ އިތުރުކޮށްދޭނީ އަދީބު ހުށައަޅާފައިވާ މެޑިކަލް ޑޮކިއުމަންޓުތަކަށް ބެލުމަށްފަހު ކަރެކްޝަންސްގެ މެޑިކަލް ބޯޑުންކަމަށް މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. 

އަދީބުގެ ބައްޔާއި ގުޅޭގޮތުން އޭނާ ނިސްބަތްވާ ޕާޓީ އެމްޓީޑީން ބުނީ، އަދީބު ގެންދަނީ ފުރާނަޔަށް ނުރައްކާ ބައްޔަކަށް ފަރުވާ ހޯދަމުން ކަމަށެވެ. 

އަދީބު ބޭރަށް ފުރުމުގެ ދުވަސްކޮޅެއް ކުރިން ވަނީ އައިޖީއެމްއެޗުގައި 24 ގަޑިއިރު އެޑުމިޓު ވެސް ކޮށްފަ އެވެ. 

އަދީބަކީ އޭނާގެ އަމިއްލަ އިއުތިރާފުން އެމްއެމްޕިއާރުސީގެ ކޮރަޕްޝަނުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލުހުކުމެއް ކޮށްފައިވާ މީހެކެެވެ. 

އެހެން ނަމަވެސް ދައުލަތުން އަދީބާއެކު ހަދާފައިވާ ޕްލީ ބާގެއިން އެއްބަސްވުމުގެ ސަބަބުން އަދީބަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. 

އެގޮތުން އޭނާ ޖަލު ހުކުމް ތަންފީޒު ކުރަމުންދަނީ ގޭގައެވެ. އަދި އެ އެއްބަސްވުމުގެ ފަށުން އަދީބުގެ މައްވަށް ކުރެވޭ ޓެރަރިޒަމްގެ ގިނަ ދައުވާތަކެއް ނުކުރުމަށް ވެސް ދައުލަތުން ވަނީ ނިންމާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.