ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު--
ހަބަރު
23 Jul 2023 | 14:01
ބޭރަށް ދާން އަދީބަށް ދިން މުއްދަތު ހަމަވެއްޖެ؛ ރާއްޖެ ނައި!

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ ޖަލުހުކުމެއް ގޭގައި ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ގޮސް ބޭސް ފަރުވާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތު ހަމަވެއްޖެއެވެ. 

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ގައެވެ. އޭނާ ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިނުމުން ނެވެ.

އެ ޓެސްޓުތައް ހަދާ، ފަރުވާ ހޯދުމަށް އޭނާގެ ހާލަތަށް ބަލައި ކެރެކްޝަނުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެހެންކަމުން އިއްޔެގެ ނިޔަލަށް ބޭސްފަރުވާކޮށްގެން އަދީބު މާލެ އަންނަން ޖެހޭނެ އެވެ.

އެހެން ނަމަވެސް އަދީބު މުއްދަތު ހަމަވީއިރުވެސް އަދީބު ރާއްޖެ ނާންނާތީ އެކަމާއި ގުޅިގެން ވޮއިސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް އަދީބަށް ހުއްދަދިން މުއްދަތުގެ ތެރޭގައި އެކަން ކޮށް ނުނިމޭތީ، އެ މުއްދަތު އިތުރުކުރުމަށް އޭނާ ހުށައަޅާފައިވާ ކަމަށެވެ. 

އަދި އެ ހުއްދަ އިތުރުކޮށްދިނުމަށްއެދި އަދީބު ހުށައަޅާފައިވާ މެޑިކަލް ޑޮކިއުމަންޓުތަކަށް ބެލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. 

އަދީބުގެ ބައްޔާއި ގުޅޭގޮތުން އޭނާ ނިސްބަތްވާ ޕާޓީ އެމްޓީޑީން ބުނީ، އަދީބު ގެންދަނީ ފުރާނަޔަށް ނުރައްކާ ބައްޔަކަށް ފަރުވާ ހޯދަމުން ކަމަށެވެ. 

އަދީބު ބޭރަށް ފުރުމުގެ ދުވަސްކޮޅެއް ކުރިން ވަނީ އައިޖީއެމްއެޗުގައި 24 ގަޑިއިރު އެޑުމިޓު ވެސް ކޮށްފަ އެވެ. 

އަދީބަކީ އޭނާގެ އަމިއްލަ އިއުތިރާފުން އެމްއެމްޕިއާރުސީގެ ކޮރަޕްޝަނުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލުހުކުމެއް ކޮށްފައިވާ މީހެކެެވެ. 

އެހެން ނަމަވެސް ދައުލަތުން އަދީބާއެކު ހަދާފައިވާ ޕްލީ ބާގެއިން އެއްބަސްވުމުގެ ސަބަބުން އަދީބަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. 

އެގޮތުން އޭނާ ޖަލު ހުކުމް ތަންފީޒު ކުރަމުންދަނީ ގޭގައެވެ. އަދި އެ އެއްބަސްވުމުގެ ފަށުން އަދީބުގެ މައްވަށް ކުރެވޭ ޓެރަރިޒަމްގެ ގިނަ ދައުވާތަކެއް ނުކުރުމަށް ވެސް ދައުލަތުން ވަނީ ނިންމާފަ އެވެ. 

ކޮމެންޓް
ގަލަން
އަދީބު ފޮނުވާލީ ހީވާގޮތުން ކޮންމެހެން ބޭހަކައްނޫން. ރާއްޖޭންބޭރައް ފޮނުވާލަން އިބޫ ކުރިކަމެއް ހުރިހާ ޑީލްތަކެއް ނިމުމުން ވަރައް ގިނަބަޔަކު އެގޮތައް ބުނެއުޅޭތީ މިހެން ލިޔެލީ
23 Jul 2023
އާދަނު123
ދެއަތް ކަނޑާފަ ރާއްޖެ ފޮނުވާ
23 Jul 2023
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.