ފުލުސް އޮފިސަރު ނޫސްވެރިޔާ އަދި ކެމެރާމަން ކޮށްޕާލަނީ---
ހަބަރު
24 Jul 2023 | 14:25
ނޫސްވެރިންނަށް ފުލުހުން އަނިޔާކުރުމުން އައިއެފްޖޭގެ ކަންބޮޑުވުން!

ޖުމްހޫރީ މައިދާނުގައި ބޭއްވުނު އިދިކޮޅު ކޯލިޝަންގެ މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް 13 ގެ ކެމެރާމަން އާއި ސަންގު ޓީވީގެ ނޫސްވެރިޔާއަށް ފުލުހަކު އަނިޔާ ކުރުމުގެ ސަބަބުން އިންޓާނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު އިދިކޮޅު ކޯލިޝަންގެ ހަރަކާތުގައި ފުލުހަކު ވަނީ މީޑިއާ ފާސް އަޅައިގެން ތިބި ޗެނަލް 13 ގެ ކެމެރާމަން އާއި ސަންގު ޓީވީގެ ނޫސްވެރިޔަކު ބިންމައްޗަށް ކޮށްޕާލާފައެވެ.

މި ހާދިސާގެ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެ ގިނަ ބަޔެއްގެ ފާޑުކިޔުން ފުލުހުންނަށް ރައްދު ވުމާއިއެކު ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަނީ މި މައްސަލާގައި ޝާމިލްވާ ފުލުސް އޮފިސަރު ސަސްޕެންޑްކޮށް ސްޕެޝަލް އޮޕަރޭޝަންސް އިން މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް އިއުލާން ކޮށްފައެވެ.

މިކަންތައްތައް ފާހަގަކޮށް މިއަދު އައިއެފްޖޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިދިކޮޅު ކޯލިޝަންގެ މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ރާއްޖޭގައި ފުލުހުން ފުރައްސާރަ ކޮށް އަނިޔާ ކުރާ ކަމަށެވެ.

އެގޮތުން ފެބްރުއަރީ މަހު އިދިކޮޅުގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ޗެނަލް 13 ގެ ރިޕޯޓަރަކަށާއި ނޫސްވެރިއަކަށް އަނިޔާކޮށް ޕެޕާ ސްޕްރޭ ޖެހި ހާދިސާއަށާއި މާރިޗު މަހުގައި އަވަސް ނޫސްގެ ނޫސްވެރިޔަކަށް ހަމަލާދީ ބަންދުގައި ބަހައްޓާފައިވާ ހާދިސާއަށް އައިއެފްޖޭއިން ވަނީ އަލިއަޅުވާލައިފައެވެ.

އެހެންކަމުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއިއެކު ގުޅިގެން ފުލުހުންގެ މި އަމަލު ކުށްވެރިކުރާ ކަމަށް ފާހަގަކޮށް އައިއެފްޖޭ އިން ވަނީ މި މައްސަލަ ތަހްޤީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

"ހުރަސް އެޅުމާއި އުނދަގޫ ކުރުމާއި އަނިޔާ ލިބުމުގެ ބިރެއް ނެތި ނޫސްވެރިންނަށް ރިޕޯޓް ކުރެވެން ޖެހޭ. މި ހާދިސާތައް ތަކުރާޜު ވެގެން ދިޔުމަކީ ރާއްޖޭގެ މީޑިއާތަކުގެ މަސައްކަތްތެރިންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭކަން ސާފުވާ ކަމެއް. ފުލުހުންގެ މި ހަމަލާ އައިއެފްޖޭއިން ކުށްވެރިކޮށް ހާމަކަން ބޮޑުކޮށް މިހާދިސާގެ ތަހްގީގެއް ހިންގުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން"

އިންޓާނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.