ޕާކިސްތާނުގެ ކަރާޗީގެ މަގެއްގައި ފެންބޮޑުވެފައި.
ހަބަރު
24 Jul 2023 | 15:52
ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އަފްޣާން އަދި ޕާކިސްތާނުން 40 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނާއި ޕާކިސްތާނުން 40 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނަށް ކުރަމުންދާ މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން އަފްޣާނިސްތާނުން 31 މީހުން މަރުވެ އެތައް ގިނަ ބަޔަކު ގެއްލިފައިވެއެވެ. އަދި ޕާކިސްތާނުން 13 މީހަކުވަނީ މަރުވެފައެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން ދެޤައުމުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ.

އަފްޣާނިސްތާނުގެ ޑިޒާސްޓަރ މިނިސްޓްރީގެ ސްޕޯކްސްމޭން ޝާފިއުالله ރަޙީމީ ވިދާޅުވެފައިވަނީ  މޫސުމީ ވިއްސާރައިގެ ސަބަބުން އަފްޣާނިސްތާނުން 31 މީހަކު މަރުވެފައިވާއިރު 74 މީހަކަށް އެކިވަރުގެ އަނިޔާލިބިފައިވާކަމަށެވެ. އަދި ބިންގަނޑު ކެނޑުމާއި ފެންބޮޑުވުމުގެ ސަބަބުން 41 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

ޝާފިއުالله ވިދާޅުވެފައިވަނީ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ވެރިކަން ކުރާ ކާބުލްގައި ކަމަށެވެ. އަދި އަނިޔާވި ގިނަ މީހުންނަކީ ވެސް ކާބުލްގެ ހުޅަނގުން އަނިޔާވިމީހުން ކަމަށެވެ.

އެހީ ފޯރުކޮށްދޭ ޓީމުތަކުން ލަފާކޮށްފައިވަނީ ގެއްލިގެން ހޯދާ މީހުން ފެންނާނީ  ވެއްޓިފައިވާ ގެތަކުގެ ދަށުން ކަމަށެވެ. އެ ސަރަހައްދުގައި މިހާރު ވެސް ކަކޫތާފެނަށް ފެން ބޮޑުވެފައިވާތީ، ގެއްލިފައިވާ އެކަކު ވެސް ދިރިހުއްޓައި ފެންނާނެ ކަމުގެ އުންމީދު ނެތްކަމަށްވެސް އެޓީމުތަކުން ވަނީ ބުނެފައެވެ.

ޕާކިސްތާނަށް އިއްޔެ ކުރި ގަދަ ވިއްސާރައިގައި އެޤައުމުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ގޭގެ ވަނީ ވެއްޓިފަ އެވެ. ހުޅަނގުއުތުރު ޕްރޮވިންސެއް ކަމަށްވާ ޚައިބަރު ޕަޚްތުންޚުވާ އަށް މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ކުރި ވިއްސާރައިގައި މަދުވެގެން ނުވަ މީހަކު މަރުވެ އިތުރު އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އަދި އެ ސަރަހައްދުން 74 ގެ ވެއްޓި އެތައް ބަޔަކު ތިބީ ހާލުގައި ޖެހިފަ އެވެ.

ޕާކިސްތާނުގެ މި އަހަރުގެ ވިއްސާރަ މޫސުން، މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ފެށިފައިވާ އިރު، އެ ޤައުމުގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހިނގި ތަފާތު ހާދިސާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 101 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 16 އަންހެނުންނާއި 42 ކުޑަކުދިން ވެސް ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް