ޑެންމާކުގައި ޤުރުއާން އަންދާލި ދެމީހުން
ހަބަރު
25 Jul 2023 | 19:57
އަނެއްކާވެސް ޤުރުއާން މުސްޙަފެއް އަންދާލައިފި، މިފަހަރު ޑެންމާކުގައި

ޑެންމާކުގެ ކޯޕަންހޭގަންގައި ހުންނަ ޢީރާޤްގެ އެމްބަސީކުރިމަތީގައި މުޒާހަރާ ކުރަމުންދިޔަ ދެމީހަކު ކީރިތި ޤުރްއާނުގެ ކޮޕީއެއް އަންދައިލައިފިއެވެ.

ޑެނިޝް ޕެޓްރިއޮޓްސް ނަމަކަށް ކިޔާ ގްރޫޕަކަށް ނިސްބަތްވާ ކަމަށް ބުނާ މިދެމީހުން ޢިރާޤް އެމްބަސީ ކުރިމައްޗަށް ގޮސް އިސްލާމްދީނުގެ ޙުރުމަތް ކަނޑައި އެކި ޝިޢާރުތަކުން އަޑު އުފުލައިފައިވެއެވެ. އަދި ކީރިތި ޤުރުއާނުގައި ރުޅިވެރިކަމާއި އެކު ފައިންއަރައި ހަދައިފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އަދި އެއަށްފަހު އެމީހުން ޤުރުއާނުގައި އަލިފާން ރޯކޮށް އަންދާލައިފައިވެއެވެ. އަދި އެމީހުން ޢިރާޤުގެ ދިދައިގައިވެސް ރޯކޮށްލައިފައިވެއެވެ.

މިކަމާއި ގުޅިގެން ޢިރާޤުގެ ޙާރިޖީ ވަޒީރުވަނީ ޑެންމާކުގެ ކަމާއިގުޅޭ ފަރާތްތަކާއި ޔޫއެންގެ ކަމާއި ގުޅޭ ފަރާތްތަކާއި ފޯނުން ގުޅުއްވައިފައެވެ.

އަދި ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރަމުންދާ މިފަދަ ހައްދުފަހަނަ އެޅި ޢަމަލުތައް ހުއްޓުވުމަށް ގޯވާލައިފައިވެއެވެ.

ޑެންމާކުގައި ހިންގާފައިވާ މިޢަމަލު އިސްލާމީ ޤައުމުތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ.

ޑެންމާކުގައި ޤުރުއާން އަންދާލައިފައިމިވަނީ މިދިޔަ އަޟްޙާ ޢީދު ދުވަހު ސުވިޑެންގައި ދިރިއުޅޭ ޢިރާޤަށް ނިސްބަތްވާ ކްރިސްޓިއަނަކު ސުވިޑެންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ޤުރުއާން މުސްޙަފެއް އަންދާލުމާއި ގުޅިގެން މުސްލިމް ޤައުމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް