ކޭޓީ ޕެރީ އޯރލޭންޑޯ ބްލޫމް އާއި އިންނަން ތައްޔާރުވަނީ!

16 Feb 2019 | 09:50

ކޭޓީ ޕެރީ އާއި އޭނާގެ ލޯބިވެރިޔާ އޯރލޭންޑޯ ބްލޫމް އެންގޭޖްވެއްޖެއެވެ. "ވެލެންޓައިންސް ޑޭ"ގައި މި ދެ ފަންނާނުން އިންސްޓަގްރާމްގައި ފޭނުންނަށް ހިއްސާކުރި ފޮޓޯތަކުން، ކޭޓީގެ އަތުން ފާހަގަކޮށްލެވޭ ވަރުގެ އެންގޭޖްމެންޓް އަނގޮއްޓިއެއް ވަނީ ދުނިޔެއައް ދައްކާލާފައެވެ.

މި ކައިވެނި ވެގެންދާނީ ކޭޓީ އާއި އޯރލޭންޑޯގެ ވެސް ދެވަނަ ކައިވެންޏަށެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި "ޕައިރެޓްސް އޮފް ދަ ކެރީބިއަން" އަދި "ލޯރޑް އޮފް ދަ ރިންގްސް" ފަދަ ފިލްމުތަކުން ވިދާލި އެކްޓާރ އޯރލޭންޑޯ ބްލޫމް އެންމެ ކުރިން ރައްޓެހިވީ 2016 އަހަރުއެވެ. އަދި އެކުގައި 10 މަސް ހޭދަކުރުމަށްފަހު ރުޅިވި މި ދެ ފަަންނާނުން ވަނީ 2018 ވަނަ އަހަރު އަނެެއްކާވެސް ލޯބީގެ ގުޅުމުން ގުޅިފައެވެ.

މީގެ ކުރިން ކޭޓީ ކައިވެނިކޮށްގެން އުޅުނީ 2010 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރަށް ކޮމީޑިއަން ރަސެލް ބްރޭންޑް އާއި އެކުއެވެ. އަދި އޯރލޭންޑޯގެ ފުރަތަމަ ކައިވެނި އޭނާ ކޮށްފައިވަނީ މަޤްބޫލު މޮޑެލް މިރެންޑާ ކޭރ އާއިިއެކުއެވެ.

މި ކައިވެނީގައި ތިން އަހަރު ހޭދަކުރުމަށްފަހު 2013 ވަނަ އަހަރު ވަރިވި އޯރލޭންޑޯއަށް މިރޭންޑާއާއިއެކު ފިރިހެން ދަރިއެއްވެސް ހުރެއެވެ.

Advertisement

ކޮމެންޓް