ދިވެހިންގެ އެހީގައި ހިންގަމުންދާ ފަހާ ފެކްޓަރީ-- ފޮޓޯ/ އައިއޭސީ
ހަބަރު
30 Jul 2023 | 17:12
ތުރުކިޔޭގައި ދިވެހިންގެ އެހީގައި އެޅި ފަހާ ފެކްޓްރީން އެތައް ހުވަފަތް ކަނބަލުންނަށް އާމްދަނީ!

ތުރުކިޔޭގެ އަވަށެއް ކަމުގައިވާ ރެހާންލީ ގައި، ދިވެހިންގެ ދީލަތި އެހީއާއެކު އެކު، އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން ބިނާކުރި ފަހާ ފެކްޓަރީން އެތަކެއް ހުވަފަތް ކަނބަލުންނަށް އާމްދަނީ ހޯދޭނެ މަގު ފަހިވެގެންގޮސްފައިވާ ކަމަށް އެ ޖަމިއްޔާ އިން ހާމަ ކޮށްފިއެވެ.

މި ފަހާ ފެކްޓަރީ އާއި ގުޅިގެން މައުލޫމާތު ދެއްވަމުން އައިއޭސީގެ މީޑިއާ އެންޑް ޕީއާރު ޑައިރެކްޓަރ އަޒުހަދު އަހުމަދު ވިދާޅުވީ، މި ފަހާ ފެކްޓަރީ މެދުވެރިކޮށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 26 ހާސް، އަދި ޢީދު ދުވަސް ތަކާއި ދިމާކޮށް ގާތްގަނޑަކަށް 50 ހާހާއި ގާތް ކުރާ އަދަދަށް، ހެދުން، އެކަނބަލުން ފަހަމުންދާ ކަމަށެވެ. 

ދިވެހިންގެ އެހީގައި ހިންގަމުންދާ ފަހާ ފެކްޓަރީގައި ކަނބަލުން ފަހާފައިވާ ބައެއް ހެދުންތައް-- ފޮޓޯ/ އައިއޭސީ

އަދި މި ފަހާ ފެކްޓަރީން ފަހާ ހުރިހާ ހެދުމަކީ، އެ ސަރަހައްދުގައި ހުންނަ ރެފިއުޖީ ކޭންޕުތަކުގައި އުޅޭ މީހުންނަށް ހިލޭ ބަހަމުންދާ ކަމަށާ، އެގޮތުގައި ފެކްޓަރީ ހިންގަމުންދާތާ މިހާރު 3 އަހަރު ވެފައިވާ ކަމަށް އަޒުހަދު ފާހަގަކުރެއްވިއެވެ. އަދި މި ފެކްޓަރީ ހިންގަމުންދަނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ދިވެހިންގެ އެހީގައި ހިންގަމުންދާ ފަހާ ފެކްޓަރީ-- ފޮޓޯ/ އައިއޭސީ

ތުރުކިޔޭ ގެ މި ފަހާ ފެކްޓަރީ ގައި މަސައްކަތް ކުރާ ކަނބަލުންނަށް އުޖޫރަ ދިނުމުގެ ކަންކަން އައިއޭސީން ބަލަހައްޓަމުންދާއިރު, ހެދުން ފެނުމަށް ތަކެތި ފޯރުކޮށްދެނީ ތުރުކީގެ އިންސާނިއްޔަތަށް މަސައްކަތްކުރާ މައި ޖަމިއްޔާ އައިއެޗްއެޗް ހިއުމެނިޓޭރިއަން ރިލީފް ފައުންޑޭޝަންގެ ފަރާތުން ކަމަށެވެ. އަދި މިއީ އައިއޭސީ އާއި އައިއެޗްއެޗް ގެ ޖޮއިންޓް ޕާޓްނާޝިޕް ޕޮރެޖެކްޓެއް ކަމަށްވެސް އެ ޖަމިއްޔާ އިން މައުލޫމާތު ދެއެވެ. 

ދިވެހިންގެ އެހީގައި ހިންގަމުންދާ ފަހާ ފެކްޓަރީ-- ފޮޓޯ/ އައިއޭސީ

އައިއޭސީން އިތުރަށް ބުނީ، ދިވެހިންގެ ދީލަތި އެހީ އާއިއެކު، އެ ޖަމިއްޔާއިން ފޯރުކޮށްދޭ އެހީގައި ނިކަމެތިންގެ ހާލަތު ރަނގަޅުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރިކަމާއިއެކު ދިރިއުޅޭތަން ފެނުމަކީ އެ ޖަމިއްޔާގެ އުންމީދު ކަމަށެވެ. އަދި އައިއޭސީގެ ހުރިހާ މަސައްކަތެއްވެސް ބިނާކުރަމުންދަނީ އެ ވިސްނުމުގައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް