ބްރޭޑް ޕިޓް ކުރީގެ އަންހެނުން ޖެނިފާރ އެނިސްޓަންއަށް ސިއްރު ހަދިޔާއެއް!

03 Mar 2019 | 08:55

50 ވަނަ އުފަންދުވަސް ފާހަގަކުރި ޖެނިފާރ އެނިސްޓަން އަށް، ކުރީގެ ފިރިމީހާ ބްރޭޑް ޕިޓްގެ ފަރާތުން ސިއްރު ހަދިޔާއެއް ލިބިނު ކަމުގެ ޚަބަރުތައް ދާދި ފަހުން ވަނީ ފެތުރިފައެވެ. މީގެ އިތުރުން ގިނަ ފޭނުން ހައިރާންކޮށްލާ، ލޮސް އެންޖެލީސް ގައި ޖެނިފާރ ބޭއްވި އޭނާގެ އުފަންދުވަހުގެ އުފާފާޅުކުރުންތަކުގައިވެސް ބްރޭޑް ވަނީ ބައިވެރިވެފައެވެ. އަަދި މި އުފަންދުވަހުގެ ޕާރޓީއަށް ބްރޭޑްގެ އިތުރުން ހޮލީވުޑްގައި ފާހަގަކޮށްލެވޭ ގިނަ ފަންނާނުންތަކެއް ފެނިގެންދިޔައެވެ.

ބްރޭޑް ޕިޓް އާއި ޖެނިފާރ އެނިސްޓަން ކައިވެނި ކުރީ 2000 ވަނަ އަހަރުއެވެ. މި ދެތަރިން 2005 ވަނަ އަހަރު ވަރިވާން މެދުވެރިވީ، ފިލްމު "މިސްޓާރ އެންޑް މިސިސް ސްމިތް"ގައި އެކީ މަސަައްކަތްކުރުމުގެ ތެރެއިން، އެކްޓްރެސް އެންޖަލީނާ ޖޯލީއާއި ބްރޭޑް ގެ ދެމެދު ލޯބީގެ ގުޅުމެއް އުފެދުމުންނެވެ.

ޖެނިފާރ އާއި ވަރިވުމުގެ ފަހުން ބްރޭޑް ކައިވެނި ކުރީ އެންޖެލީނާ ޖޯލީއަށެވެ. ނަމަވެސް ބްރޭޑްގެ މި ކައިވެނިވެސް ވަނީ 2 އަހަރަށްފަހު 2016 ގައި ރޫޅިފައެވެ.

ބްރޭޑް ޕިޓް އޭނާގެ ކުރީގެ އަންހެނުން ޖެނިފާރ އެނިސްޓަންގެ އުފަންދުވަސް ފާހަގަކުރި އެއްވުމުން ފެނިގެންދިޔަ މި ދަނޑިވަޅުގައި، ޖެނިފާރވެސް މިހާރު ހުރީ އޭނާގެ އެންމެފަހުން ކައިވެނިކުރި ޖަސްޓިން ތެރޯ ކައިރިން ވަރިވެފަކަން ފާހަގަކޮށްލެވެއެވެ.

2015 ވަނަ އަހަރުން ފެށިގެން 2017 އަށް ކައިވެނިކޮށްގެން އެކީ އުޅުނު ޖަސްޓިން އާއި ޖެނިފާރ ވަރިވެފައިވާތީ، ގިނަ ބަޔަކު ދަނީ ބްރޭޑް އާއި ޖެނިފާރ ދެމެދު އަނެއްކާވެސް ލޯބީގެ ގުޅުމެއް އުފެދިދާނެކަމާއިމެދު ސުވާލު އުފައްދަމުންނެވެ.

Advertisement

ކޮމެންޓް