ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް--
ހަބަރު
31 Jul 2023 | 12:55
"ރައީސް ޔާމީން އެންމެ ބޭނުންފުޅުވީ މަންމާފުޅާ ބައްދަލުކޮށްލަން؛ އެ ފުރުސަތު ވެސް ނުލިބުނު"

ވޭތުވެދިޔަ ދެމަހެއްހާ ދުވަހު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވީ ޝަރީޢަތުގެ މަރުޙަލާތައް އަވަހަށް ނިމި، ޖަލުން މިނިވަންވެ ވަޑައިގެން އެމަނިކުފާނުގެ މަންމާފުޅާއި ބައްދަލުކުރައްވަން ކަމަށް، ރައީސް ޔާމީން ގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒު ވިދާޅުވެއްޖެ އެވެ. 

ރައީސް ޔާމީން ގެ މަންމާފުޅު ފާތުމަތު ހަސަން ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހު، މިއަދުގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންކާގައި ވަނީ އަވަހާރަވެ ވެފައެވެ. 

އެއާއެކު ގިނަ ބައެއް އަންނަނީ ރައީސް ޔާމީން އަށާއި ޢާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

އެކަމާއި ގުޅިގެން ސިޔާޒު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ރައީސް ޔާމީން އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވީ ޝަރީޢަތުގެ މަރުހަލާތައް އަވަހަށް ނިމި، ޖަލު ހުކުމުން މިންޖުވެވަޑައިގެން، މަންމާފުޅުގެ އަރިހަށް ޒިޔާރަތްކޮށް ބައްދަލު ކޮށްލެވޭނެ ގޮތެއް ވުން ކަމަށެވެ.

"އެހެންނަމަވެސް، ޝަރުޢީ ނިޒާމުގައި ހުރި ލަސްކަމުގެ ސަބަބުން މަންމާފުޅު އަވަހާރަ ވީއިރުވެސް އެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައި ނުގެންނެވިއެވެ." ސިޔާޒު ވިދާޅުވި އެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަން ޖަލުގައެވެ. 

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާއިރު، މައްސަލަ ނިމުމަކާއި ގާތްވެފައި ވަނިކޮށް، ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގެންނެވުމުން އެ މައްސަލަ މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. 

ކޮމެންޓް
އިބުރާ
ބޯހަރުކަމުން ނުދާން ވެގެން އެހުންނަނީ. މައްޔިތާއަށް ހެޔޮ ރަހްމަތް ލައްވާށި
31 Jul 2023
ނިހާ
އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީނަށް އަނިޔާވެރިވި އެންމެންނަށް މާތްﷲ ހިތި ނިމުމެއް މިންވަރު ކުރައްވާ ނުބައި ނިމުމަކުން އެބައި މީހުން ނެތި ކުރައްވާށި!
31 Jul 2023
ހަސީނާ
ވަގުން ތިބެންޖެހޭނީޖަލުގަ!
01 Aug 2023
ކިޔުންތހެރިޔާ
ކޮންމެ ކުއްވެރިޔެއްވެސް ބޭނުންވާނެ ދޯ އެމީހެއްގެ މައިން ބަފައިން ކައިރިޔަށް ދާން. އެކަމަކު ހުކުމެއް ތަންފީޒު ކުރަމުން ދާހާ ހިނދަކު އެކަމެއް ނުވާނެކަން ކޮންމެ މީހަކުވެސް ގަބޫލު ކުރާނެ. އެއީ ޔާމީނު ކަމުގަ ވީނަމަވެސް .
01 Aug 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.