"ޕީކީ ބްލައިންޑާރޒް" ސީރީޒް 5: މިހާތަނަށް އެންމެ ފުރިހަމަ ސީރީޒް، ބެލުންތެރިން ކެތްމަދުވެފައި!

17 Feb 2019 | 11:08

ދިވެހި ގިނަ ފޭނުންނެއް ލޯބިކުރާ ޓީވީ ޝޯ އެއް ކަމަށްވާ "ޕީކީ ބްލައިންޑާރސް" ގެ 5 ވަނަ ސީރީޒް މި އަހަރު ރިލީޒް ކުރަން ވަނީ ހަމަޖެހިފައެވެ. ބާރމިންގްހަމް އަށް ނިސްބަތްވާ ގޭންގް މެމްބަރުންތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ސީރީޒުން ދައްކުވައިދެނީ 1920 އާއި 1930ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގެ ބާރމިންގްހެމްގައި ދިމާވާ ތަފާތު ކަންތައްތަކެވެ. އަދި "ޕީކީ ބްލައިންޑާރޒް" ސީރީޒުން ފެނިގެންދާ ވަރުގަދަ ވާހަކަ ލިޔުމާއި އެކްޓިންގް ގެ ހުނަރު ފުރިހަމަކަމުން، ފާއިތުވެ އަހަރުތަކުގައި ގިނަ ބަޔެއްގެ ސަމާލުކަންވަނީ މި އުފެއްދުމަށް ހުއްޓިފައެވެ.

"ޕީކީ ބްލައިންޑާރސް" ގެ އުފެއްދުންތެރިޔާ ސްޓީވެން ނައިޓް މީޑިއާތަކަށް ހާމަކުރިގޮތުގައި މިހާރު ސީރީޒް 5 ގެ މަންޒަރުތަށް ޝޫޓް ކޮށް ވަނީ ނިމިފައެވެ. އަދި އޭނާ ވަނީ ސީރީޒް 6 ގެ ވާހަކަ ލިޔުމުގެ މަސައްކަތްވެސް ފަށާފަކަން ސްޓީވެން ފާހަގަކުރެއްވިއެވެ. ސްޓީވެން ސިފަކުރާ ގޮތުގައި "ޕީކީ ބްލައިންޑާރޒް" އަށް އުފައްދާފައިވާ ކެރެކްޓާރތަކަކީ އެމީހުންގެ އަމިއްލަ ވާހަކަ ލިޔާ ފުން އަދި އެހާވެސް މޮޅު ކެރެކްޓާރ ތަކެކެވެ. އެގޮތުން ސީރީޒްގެ އެންމެ އިސް ރޯލުން ފެނިގެންދާ އެކްޓާރ ސިލިއަން މާރފީގެ "ޓޮމީ ޝެލްބީ"ގެ ކެރެކްޓާރގެ ވާހަކަ ސްޓީވެން ފާހަގަކޮށްފައިވެއެވެ.

"ޕީކީ ބްލައިންޑާރޒް" އަކީ ޓޮމީ ޝެލްބީ އިސްވެ އޭނާގެ އާއިލާ 1920ގައި ހިންގާ "ޕީކީ ބްލައިންޑާރސް" ގޭންގުގެ ވާހަކަ ދައްކުވައިދޭ ސީރީޒަކަށް ވާއިރު، މި ސީރީޒް ވަނީ އާދަޔާ ޚިލާފަށް މޮޅު އުފެއްދުމަކަށް ވުމުގެ ސަބަބުން ބެލުންތެރިންގެ މެދު މަޤްބޫލުވެފައެވެ. ލަފާކުރެވޭގޮތުގައި 7 ސީރީޒަކަށް ބަހައިލައިގެން ތައްޔާރުކުރާ "ޕީކީ ބްލައިންޑާރޒް" ގެ އާ އެޕިސޯޑުތަށް އެންމެ އަވަހަށްވެސް ބެލުންތެރިންނަށް ފެނިގެންދާނީ މި އަހަރުގެ މެދުތެރެއިންކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް