ޗައިނާ އާއި އިންޑިއާގެ ގަދަ ހިތްވަރުން މުޅި ދުނިޔެ އިތުރަށް ފެހިކޮށްލައިފި!

17 Feb 2019 | 11:02

ޗައިނާއާއި އިންޑިއާ އަކީ ދުނިޔޭގެ ޖައްވު ކިލަނބުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ ދެ ގައުމެވެ. އެހެންނަމަވެސް ފަހުގެ އަހަރުތަކުގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ކަނޑައެޅުމަށްފަހު މި ދެ ގައުމުން މިހާރު ވަނީ ދުނިޔެ ކުރިއަށްވުރެ ފެހި ކުރުމަށް ކުރާ މަސައްކަތުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއް ހާޞިލްކޮށްފައެވެ.

ދުނިޔެ ފެހިކުރުމަށް އިންޑިއާ އާއި ޗައިނާއިން އެއްބާރުލުންދީފައިވަނީ، ތާރީޚީ ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް މެދުވެރިކޮށް، ގިނަ އަދަދެއްގެ ގަސްތައް އިންދާ، ދަނޑުވެރިކަން ކުރިއަރުވައިގެންނެވެ.

2000 ގެ އަހަރުތަކުގެ ކުރީ ކޮޅާއި އާޅާ ބަލާއިރު، 5% ކުރިއެރުމަކާއި ގުޅިގެން މިހާރު ކޮންމެ އަހަރަކުވެސް ދުނިޔެމަތީ 2 މިލިއަން ސްކުއެއާރ މޭލުގެ ސަރަހައްދެއް އިތުރައް ފެހިވެގެންދެއެވެ.

ދުނިޔޭގައި ގަސްތައް އިތުރުވުމުން ބޮޑެތި މޫސުމީ ބަދަލުތައް ލަސްވުމަށް މަގުފަހުވާއިރު، ސައިންސްވެރިން ވަނީ މިކަމުގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން އިތުރުވެދާނެކަމަށްވެސް ލަފާކޮށްފައެވެ.

ނާސާގެ ސެޓެލައިޓްތަކުން ލިބިދޭ މަޢުލުމާތުން ދައްކާ ގޮތުގައު ފާއިތުވި 20 އަހަރުގެ ތެރޭ، ހުރިހާ އެމަޒޮން ޖަންގަލިތަކުގެ ސަަހައްދާއި އެއްވަރަށް ދުނިޔޭގެ ބިމުގައި ވަނީ ފެހިކަން އިތުރުވެފައެވެ.

ޗައިނާއިން ދުނިޔެ ފެހިކުރުމަށްޓަކައި ކުރާ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ޖަންގަލިތަށް ހިމާޔަތްކޮށް ބޮޑުކުރުމުގެ މަސައްކަތެވެ. އަދި މިއީ މުޅި ދުނިޔޭގެ ފެހިކަން އިތުރުވުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރެއިން 42% އެވެ. އިންޑިއާއިން މި ކަމަށް އެއްބާރުލުންދެނީ އެ ގައުމުގައި ދަނޑުވެރިކަމުގެ މަސައްކަތް ފުޅާކޮށް، ގަސްކާނާ ދިނުމާއި ހެދިފައިވާ ގަސްތަކަށް ފެން ދިނުމުގެ ނިޒާމުތައް ފުރިހަމަކުރުމުންނެވެ. އަދި އިންޑިއާގެ މި މަސައްކަތަކީ، ސައިންސްވެރިންނަށް ފާހަގަކުރެވިފައިވާ މުޅި ދުނިޔޭގެ ފެހިކަން އިތުރުވުމަށް މަގުފަހިވާ ތަފާތު ކަންތައްތަކުގެ ތެރެއިން 32% އެވެ.

Advertisement

ކޮމެންޓް