ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަޙްމަދު މަޢުރޫފްގެ އަމިއްލަ ގޭގައި ރައީސް ޞާލިހް އާއި ދެކޮޅަށް ޝުއޫރު ފާޅުކުރަނީ--
ހަބަރު
08 Aug 2023 | 10:23
ޑިމޮކްރެޓްސް ގެ މެންބަރެއް، ގޭގައި ހުރެ، ރައީސް ޞާލިހާއި ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދަނިކޮށް ހައްޔަރުކޮށްފި!

ދ. ކުޑަހުވަދޫ އަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިއްޔެ ކުރެއްވި ދަތުރުފުޅާ ގުޅުވައި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަޙްމަދު މަޢުރޫފްގެ އަމިއްލަ ގޭގައި ޝުޢޫރު ފާޅުކުރައްވަމުން ދަނިކޮށް ހައްޔަރުކޮށްފިއެވެ. 

އަހުމަދު މައުރޫފް, އަމިއްލަ ގޭގެ ޓެރެސްގައި, މައިކް އަކާއި ތާޅަފިއްޔެއް ބޭނުން ކޮށްގެން ޝުޢޫރު ފާޅުކުރައްވަމުން ދަނިކޮށް ހައްޔަރުކުރި ކުރުން ކުށްވެރި ކޮށް ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވައުދުވަމުން ކަމަށެވެ.

ނަމަވެސް ދެވަނަ ދައުރެއް ހޯއްދެވުމަށްކަމަށް ވިދާޅުވެ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުގައި ކޮންމެ ރަށަކުންހެން ރައްޔިތުން ނުކުމެ، އިހުތިޖާޖުކޮށް، މިވެރިކަމާމެދު ނުރުހުން ފާޅުކުރަމުންދާ ދިއުން ސަލާމަތީ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ހުއްޓުވަމުން ގެންދަވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. 

މިއާއެކު އެޕާޓީން ބުނީ، އެންމެ ފަހުން ފުވައްމުލަކު ސިޓީއަށްވެސް ރައީސް ޞާލިޙް އަރައިވަޑައިގަތީ، ރަޔަޓުގިޔަރުގައި ތިބި ފުލުހުންނާއި، ސިފައިން ލައްވާ ރައްޔިތުންގެ އޮބަހައްޓައިގެން ކަމަށާ ދ. ކުޑަހުވަދޫ އިންވެސް ރޭ ފެނުނީ އެ މަންޒަރު ކަމަށެވެ.

ޑިމޮކްރެޓްސް އިން ވަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުގައި މި ސަރުކާރާ ދެކޮޅަށް ސުލްހަވެރިގޮތުގައި އަޑު އުފުލަމުންދާ ރައްޔިތުން ހައްޔަރުކުރުންފަދަ އަނިޔާވެރި، ހުދުމުހުތާރު އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.