ޓޮޓެންހަމްގެ މައްޗައް ބާސެލޯނާ ކުރި ހޯދައިފި

04 Oct 2018 | 07:10

ޗެންޕިއަންސް ލީގުގެ ގުރޫޕް ބީ ގައި ބާސެލޯނާ އަދި ޓޮޓެންހަމް ބައްދަލުކުރި މެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ބާސެލޯނާއެވެ. މި މެޗުގައި މެސީވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބާސެލޯނާގެ ފަރާތުން ފެނުނު ލަނޑުތައް ޖަހާފައިވަނީ ކޯޓީނިއޯ، ރަކިޓިޗް އަދި މެސީއެވެ. ކޯޓީނިއޯގެ ލަނޑާއި މެސީގެ ފަރާތުން ފެނުނު 2 ލަނޑު ޖެހުމުގައި އެ ޓީމުގެ ފުލް ބެކް ޖޯޑީ އަލްބާގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ. މި 3 ލަނޑު ޖެހުމުގައިވެސް އެސިސްޓް ހަދާފައިވަނީ އަލްބާއެވެ.

ޓޮޓެންހަމްގެ ފަރާތުން ފެނުނު ލަނޑުތައް ޖަހާދިފައިވަނީ ލަމޭލާ ދިން ބޯޅައަކުން ހެރީ ކޭން އަދި ސަން ދިން ބޯޅައަކުން ލަމޭލާއެވެ.

މި ގުރޫޕްގައި ދެން ކުޅުނު މެޗު އިންޓަ މިލާން ވަނީ ފަހަތުން އަރައި ޕީއެސްވީ 2 ލަނޑު 1 ލަނޑުން ބަލިކޮށްފައެވެ. ޕީއެސްވީގެ ޕަބްލޯ އެ ޓީމަށް މެޗުގެ ކުރި ހޯދަ ދިންނަމަވެސެ އިންޓަގެ ނިއަންގޯލާން އަދި އިކާޑީ ޖަހައިދިން ލަނޑުތަކުން އެ ޓިމްވަނީ މި މެޗުން މޮޅުވެފައެވެ.

ބާސެލޯނާ އަދި އިންޓަ މިލާން ކުޅުނު ދެމެޗުން މޮޅުވެފައި ވާއިރު ޓޮޓެންހަމް އަދި ޕީއެސްވީ ވަނީ ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. 

Advertisement

ކޮމެންޓް