ކުރީގެ ރައީސް ޑރ ވަހީދު ޖޭޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
12 Aug 2023 | 23:46
ޤާސިމް އިބްރާހިމަށް ވެރިކަން ދޭން މާ ލަސްވެއްޖެ: ޑރ ވަހީދު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށް ދިވެހިރާއްޖޭގެ ވެރިކަން ދޭން މާ ލަސްވެސް ވެއްޖެކަމަށް ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޕީޕީއެމް ދޫކުރައްވާ ޖޭޕީއާއި ގުޅިވަޑައިގެން މާމިގިނލީގައި ބޭއްވި ޤާސިމްގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ ވަހީދުގެ ވާހަކަފުޅުގައި ވަނީ އިސްލާހީ މަސައްކަތް ފެށިގެން އައި ދުވަސްވަރު ޤާސިމް އިބްރާހިމް ކުރައްވާފައިވާ މަސައްކަތްތަކުގެ ހަނދާން އާ ކުރައްވާފަ އެވެ. އަދި އަމިއްލަ މަސައްކަތްޕުޅުން ޤާސިމް އަމިއްލަފުޅު ވިޔަފާރި ކުރިއަރުވައި ރާއްޖެގައި ހުރި އެންމެ ބޮޑު މަހުޖަނަށް ވެ ވަޑައިގެންނެވި ގޮތަށް އަލިއަޅުވާލައްވާ ތައުރީފު ކުރައްވާފަ އެވެ. 

އޭގެ އިތުރުން ޑރ ވަހީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނަށް ހުރިހާ ގޮތަކުން ވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ބޭފުޅަކީ ވެސް ޤާސިމް އިބްރާހިމް ކަމަށެވެ. އެ ކަންކަން ޑރ ވަހީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ޤާސިމުގެ ކިބައިގައި އަށަގެންފައި ހުރި ލީޑަޝިޕް ކޮލެޓީތައް ވިދާޅުވުމަށެވެ. 

"ޤާސިމް އިބްރާހިމް މި ގައުމުގެ ލާބަޔަށްޓަކައި އަބަދާއި އަބަދު މަސައްކަތްޕުޅު ކުރައްވާފައި ވޭ. އަޅުގަނޑު މިއަދު ވަރަށް އުފާކުރަން ޤާސިމް އަނެއްކާވެސް ވެރިކަމަށް ކުރިމަތިލެއްވީމަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޤާސިމަށް މާ ލަސްވެސް ވެއްޖެ ވެރިކަން ލިބިވަޑައިގަންނަވަން"

ރައީސް ޑރ ވަހީދު

ޑރ ވަހީދު ވިދާޅުވީ ދިވެހިރާއްޖެ މިހާރު މިއޮތް ހާލަތުން ސަލާމަތްކުރުމަށްޓަކައި މިހާރު ސިޔާސީ މައިދާނުގައި ފެންނަން ހުންނެވި އެންމެ ވަރުގަދަ ބޭފުޅަކީ ޤާސިމް އިބްރާހިމް ކަމަށެވެ. 

އެހެންކަމުން ރައްޔިތުން މި ކަންކަމާއި ދޭތެރޭގައި ވިސްނާ ވަޑައިގެން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމަށް ވޯޓުދެއްވާ ވެރިކަން ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވުމަށް ޑރ ވަހީދު ވަނީ އެދިލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.