ރައީސް ޑރ. މުހައްމަދު ވަހީދު
17 Oct 2025
ކުޑަވުމަކީ ބާރު ނެތުމެއް ނޫން، ނާޒުކު ގައުމުތަކަށް އިހުމާލުނުވޭ: ރައީސް ވަހީދު
ރައީސް ވަހީދު މިކަމަށް ގޮވާލެއްވެވީ ޗައިނާގެ ޝަންހާއީގައި މިހާރު ކުރިއަށްދާ 2025 ވަނަ އަހަރުގެ ސަސްޓެއިނަބިލިޓީ ގްލޯބަލް ލީޑާސް ކޮންފަރެންސްގައި، ތަގުރީރު ކުރައްވަމުންނެވެ.
17 Jun 2025
ރާއްޖޭގެ އިގްތިސާދު އޮތީ ވަރުގަދަކޮށް، މާލީ އިސްލާހުތައް ދަނީ ގެންނަމުން: ރައީސް ވަހީދު
އަދި އިންވެސްޓަރުންނާއި ރާއްޖޭގައި މިހާރުވެސް ވިޔަފާރި ކުރާ ފަރާތްތަކަށް އެެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.
26 May 2025
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ގެ މަޤާމަށް ރައީސް ޑރ. ވަޙީދު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، މއ. ޔުރީކާ، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރައްވައިފިއެވެ. ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަން މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށެވެ.
15 Mar 2025
ރައީސްގެ ދަރިކަލުންގެ ދިފާއުގައި ރައީސް ވަހީދު: ކުޑަކުދީންގެ ކަރާމާތަށް އަރައިގަތުން ބަލައެއް ނުގަނެވޭނެ
އެމަނިކުފާނު ވަނީ ރައީސް މުއިއްޒުގެ ދަރިކަލުންނަށް އަމާޒު ކުރައްވާ އިދިކޮޅުން ދެއްކި ވާހަކަތައް ކުށްވެރި ކުރައްވާފަ އެވެ.
03 Aug 2024
ޕޮލިސީ ސްޓަޑީޒް ސެންޓަރެއްގެ މުހިއްމުކަން މި ޤައުމަށް ކިތަންމެހާވެސް ބޮޑު: ރައީސް ޑރ.ވަހީދު
"މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒް" ނަމުގައި ދިރާސާކުރާނެ މަރުކަޒެއް ޤާއިމްކުރުމަށް ނިންމެވީ، ވަރަށް މުހިއްމު މަޤްސަދެއްގައި ކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް ދިރާސާކުރުމަށް މިފަދަ މަރުކަޒެއްގެ މުހިއްމުކަން ވަރަށްބޮޑުކަމަށް، ޕޮލިސީ ސްޓަޑީޒްގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.
26 Dec 2023
ރައީސް ވަހީދު ރައީސް ޑރ މުއިއްޒާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
28 Aug 2023
"ފޭސް 2 ހިއްކަން ހަވާލުކުރީ ޑރ. ވަހީދުގެ ވެރިކަމުގައެއް ނޫން"
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ފެއްޓެވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްކެވި ވާހަކަފުޅު، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ދޮގު ކުރައްވައިފި އެވެ.
28 Aug 2023
"ހުޅުމާލޭ ފޭސް 2 ހިއްކަން ހަވާލުކުރީ އަޅުގަނޑު"
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ސޮއި ކުރެވުނު މަޝްރޫޢު އެއް ކަމަށާ، އަދި ސިނަމާލޭ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައިވެސް އެމަނިކުފާނުގެ ހިއްސާ ނެތް ކަމަށް ނުވާނެ ކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.