ޑރ. ވަހީދު
ހަބަރު
28 Aug 2023 | 21:04
ހުޅުމާލޭ ފޭސް 2 ހިއްކަން ހަވާލުކުރީ އަޅުގަނޑު؛ ބްރިޖު އެޅުމުގައިވެސް ހިއްސާ ނެތްކަމަށް ނުވާނެ: ޑރ. ވަހީދު

ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ސޮއި ކުރެވުނު މަޝްރޫޢު އެއް ކަމަށާ، އަދި ސިނަމާލޭ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައިވެސް އެމަނިކުފާނުގެ ހިއްސާ ނެތް ކަމަށް ނުވާނެ ކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އއ ތޮއްޑޫގައި ބޭއްވި ޤާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭނު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ޑރ ވަހީދު ވިދާޅުވީ އެމަނިކުފާނަކީ މިހާރު އެއްވެސް މަގާމެއް ބޭނުންވެގެން އުޅޭ ބޭފުޅެއް ނޫން ކަމަށާ އެމަނިކުފާނަށް "މަޑު މަޑުން ގޭގައި ހުރެވިދާނެ" ކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖެ އަކީ އެމަނިކުފާނުގެވެސް ގައުމު ކަމަށާ، މި ގައުމު މިހާރު އޮތް ހިސާބަށް ގެނައުމުގައި އެމަނިކުފާނުގެ ހިއްސާވެސް އޮންނާނެ ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ. އަދި ކޮންމެ މީހަކު ކޮންމެ ނަމަކުން ގޮވި ނަމަވެސް ގައުމަށްޓަކައި އެމަނިކުފާނު ކަމެއް ކޮށް ނުދެއްވާ ކަމަށް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

"ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، މި ގައުމުގެ ވައިގެ އެއާޕޯޓް ޖީއެމްއާރު އަތުން، އަޅުގަނޑު ނާތުލާ ކަމަކަށްވެސް ނުވާނެ. ކޮންމެ މީހަކު އެވާހަކަ ދެއްކިޔަސް. އަދި މާލޭ އަޅާފައި ތިއޮތް ބްރިޖު، އެޅުމުގައިވެސް، އޭގައިވެސް އަޅުގަނޑުގަ ހިއްސާއެއް ނެތް ކަމަކަށް ނުވާނެ. ލާމު އަތޮޅުގައި ހަދާފައި އެ އޮތް މަގުވެސް، އެހެން މީހަކު ހެދި އެއްޗަކަށް ނުހެދޭނެ."  

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 

"އަދި ތި ބޭފުޅުން ހައިރާންވެ ވަޑައިގެންނަވާފާނެ އަޅުގަނޑު މިވާހަކަ ދެންނެވީމާ. އެއީ ހުޅުމާލޭގެ ދެވަނަ ފޭސް ހިއްކަންފެށީ، ހިއްކަން 59 މިލިއަން ޑޮލަރު ހަވާލުކުރީ ޖޫން މަހު. 2013 ވަނަ އަހަރު. އެ ފައިސާ، އެތަން ހިއްކަން ހަވާލުކުރިއިރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަކަށް އޭރުގައި ހުރީ އަޅުގަނޑު. އެކަމު އެތަން ހިއްކުމުގައިވެސް އަޅުގަނޑުގެ އެއްވެސް ރޯލެއް އޮތް ކަމަކަށް ނުވޭ. އެއީ އަޅުގަނޑު ސިޔާސީ ކަންކަމުން ދުރުގައި ހުރީމާ. އަޅުގަނޑުގެ ވާހަކަ ދައްކާނެ މީހަކު ނެތީ." ޑރ. ވަހީދު ވިދާޅުވި އެވެ. 

ރައީސް ވަހީދު ޖޭޕީގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ ޖޭޕީ

ރައީސް ވަހީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް ލިބިލެއްވި ދެ އަހަރު ދުވަހުގެ ކުޑަ މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާނެ ކަމަށެވެ. އެގޮތުން ރަށްރަށުގެ ބަނދަރު ހެދުމާއި، އެއާޕޯޓް ތައް އެޅުން ފަދަ ކަންކަން ކުރެއްވި ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން ތިމަރަފުށީ އެއާޕޯޓަކީ އެމަނިކުފާނުގެ ވެރިކަމުގައި ފަށައި އަދި ނިންމާފައިވާ އެއާޕޯޓެއް ކަން ޑރ. ވަހީދު ފާހަގަކުރެއްވިއެވެ. 

އެހެންކަމުން، އެމަނިކުފާނާއި ދިމާއަށް ކާޅަށް ނޫނީ ބާޒަށް ގޮވި ނަމަވެސް އެ ހަގީގަތް ވާނީ ހަގީގަތަށް ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.