ވަޒީރު ޢަލީ އިހްސާން : ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Mar 2026 | 14:54
ރައީސް ވަހީދު އެޕްސްޓީން އާ ގުޅުން ބޭއްވި މައްސަލަ ހުށަހަޅައިފި ނަމަ ބަލާނަން: އިހްސާން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކަށް ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ، ގުޅުންތަކެއް ބޭއްވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ވަހީދަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި ނަމަ، އެ މައްސަލަ ތަހުގީގުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އެޕްސްޓީންއާ، ރައީސް ވަހީދު މުޢަމާލާތްކޮށް ގުޅުން ބާއްވާފައިވާކަން ހާމަވެފައިވަނިކޮށް އެމަނިކުފާނު ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެމަނިކުފާނު އިސްތިއުފާ ދެއްވީ، އެޕްސްޓީންއާ ގުޅުން އޮތްކަން ހާމަވާ ލިޔުންތައް ލީކުވިތާ އެއްދުވަސް ފަހުން މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

އެމަނިކުފާނު އިސްތިއުފާ ދެއްވީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެންގެވުމުން ކަމަށް ރައީސް މުޢިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

އެޕްސްޓީން އާ މުޢާމަލާތްކޮށް ގުޅުން ބޭއްވި މައްސަލާގައި ރައީސް ވަހީދުގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގާތޯ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު އިހްސާން ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. 

އަދި ފުލުހުން އިސްވެވެސް އެފަދަ މައްސަލައެއް ނުބަލާ ކަމަށާ، ނަމަވެސް މައްސަލައެއް ހުށަހަޅައިފި ނަމަ ބައްލަވާނެކަމަށް ވިދާޅުވިއެވެ. 

އެޕްސްޓީންގެ މައްސަލާގައި މިހާތަނަށް ފުލުހުންގެ މުވައްސަސާއަށް ހުށަހެޅިފައެއް ނެތް އެއްވެސް ޖިނާޢީ ތުހުމަތެއް ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް އެއްވެސް ފަރާތަކުން. އަދި މިހާތަނަށް އަމިއްލައަށް ފެނިގެން އަޅުގަނޑުމެންވެސް އެފަދަ ތަހުގީގެއް ފަށާފައެއް ނުވާނެ. އެހެން ނަމަވެސް ވަކި މީހަކު އިސްތިސްނާ ނުކޮށް، ޖިނާއީ ކުށެއް ކުރި ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ޙާލަތުގަޔާއި އަދި ހުށަހެޅޭ ޙާލަތުގައި އެ މައްސަލަތައް އަޅުގަނޑުމެން ގެންދާނީ ބަލަމުން

އެޕްސްޓީންއާ ގުޅުން ބޭއްވިކަން ހާމަވުމާގުޅިގެން ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެޕްސްޓީންއާ އެކު އޮތީ ރަސްމީ ގުޅުމެއް ކަމަށާ އޭނާ ހިންގި އެއްވެސް މުޑުދާރު އަމަލެއްގައި ބައިވެރިވެފައިނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ އެއްވެސް މެންބަރަކު ކުރައްވާފައިނުވާނެ ކަމަށެވެ.

އަދި އޭނާގެ ހަގީގަތް ހާމަވުމުން އެފަދަ ގުޅުމެއް އަދި މުއާމަލާތެއް ކުރެވިފައިވާތީ ހިތާމަ ކުރައްވާ ކަަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.