އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު
ހަބަރު
28 Aug 2023 | 22:49
ހުޅުމާލޭ ފޭސް 2 ހިއްކަން ހަވާލުކުރީ ޑރ. ވަހީދުގެ ވެރިކަމުގައެއް ނޫން؛ ޔާމިންގެ ވެރިކަމުގައި: އެޗްޑީސީގެ ކުރީގެ އެމްޑީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ފެއްޓެވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްކެވި ވާހަކަފުޅު، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ދޮގު ކުރައްވައިފި އެވެ. 

އއ ތޮއްޑޫގައި މިއަދު ބޭއްވި ޤާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭނު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ވަހީދު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ހަވާލުކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އެ އެއްބަސްވުމުގައި ސޮއި ކުރެވުނީ 2013 އަހަރުގެ ޖޫން މަހުގައި ކަމަށާ، އެ މަޝްރޫއު ގެ އަގަކީ 59 މިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އަދި ތި ބޭފުޅުން ހައިރާންވެ ވަޑައިގެންނަވާފާނެ އަޅުގަނޑު މިވާހަކަ ދެންނެވީމާ. އެއީ ހުޅުމާލޭގެ ދެވަނަ ފޭސް ހިއްކަންފެށީ، ހިއްކަން 59 މިލިއަން ޑޮލަރު ހަވާލުކުރީ ޖޫން މަހު. 2013 ވަނަ އަހަރު. އެ ފައިސާ، އެތަން ހިއްކަން ހަވާލުކުރިއިރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަކަށް އޭރުގައި ހުރީ އަޅުގަނޑު. އެކަމު އެތަން ހިއްކުމުގައިވެސް އަޅުގަނޑުގެ އެއްވެސް ރޯލެއް އޮތް ކަމަކަށް ނުވޭ. އެއީ އަޅުގަނޑު ސިޔާސީ ކަންކަމުން ދުރުގައި ހުރީމާ. އަޅުގަނޑުގެ ވާހަކަ ދައްކާނެ މީހަކު ނެތީ." 

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 

ޑރ. ވަހީދުގެ އެވާހަކަތައް ދޮގު ކުރައްވައި، ސައިމަން ފޭސްބުކް ގައި ކުރެއްވި ކޮމެންޓެއްގައި ވިދާޅުވީ، އެއީ މުޅިން ވެސް ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމުގެ ޔަގީންކަން އޭނާ ދެއްވާކަމަށެވެ. 

އަދި އެ މަޝްރޫއު އަކީ ބޭންކް އޮފް ސިލޯނުން ލޯނު ނަގައިގެން ހިންގި 39 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމަށާ އޭގެ ތެރޭގައި އިކުއިޓީގެ ގޮތުގައި ދިން 10 މިލިއަން ޑޮލަރު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ލޯން އެގްރީމެންޓް އާއި، ކޮންޓްރެކްޓަރ އާއި އެކު ވެވުނު އެއްބަސްވުމުގައިވެސް ސޮއި ކުރެވުނީ 2014 ވަނަ އަހަރުގެ މެދު ތެރޭގައި" ސައިމަން ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.