މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒް ތައާރަފްކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން... ފޮޓޯ/ ވޮއިސް
ހަބަރު
03 Aug 2024 | 17:43
ޕޮލިސީ ސްޓަޑީޒް ސެންޓަރެއްގެ މުހިއްމުކަން، މި ޤައުމަށް ކިތަންމެހާވެސް ބޮޑު: ރައީސް ޑރ.ވަހީދު

"މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒް" ނަމުގައި ދިރާސާކުރާނެ މަރުކަޒެއް ޤާއިމްކުރުމަށް ނިންމެވީ، ވަރަށް މުހިއްމު މަޤްސަދެއްގައި ކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް ދިރާސާކުރުމަށް މިފަދަ މަރުކަޒެއްގެ މުހިއްމުކަން ވަރަށްބޮޑުކަމަށް، ޕޮލިސީ ސްޓަޑީޒްގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމު ހިންގުމުގައި މީގެ ކުރިން ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންތަކެއް ހިއްސާވެގެން ވަނީ، "މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒް"ނަމުގައި ދިރާސާކުރާ ހާއްސަ މަރުކަޒެއް ޤާއިމްކުރުމަށް ނިންމަވާފައެވެ.

މި މަރުކަޒު އުފެއްދުމުގެ މަޤްސަދަކީ, ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް އަސަރުކުރާނޭ ނުވަތަ އަސަރުކޮށްފާނޭ، ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގެ ސިޔާސަތުތަކާއި މައްސަލަތަކާއި ބެހޭގޮތުން އަމިއްލައަށް އިސްނެގުމުގައި އިލްމީ އަދި ފަންނީ ދިރާސާއާއި، ތަހްލީލްކޮށް އެކަންކަމުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ބޭނުންވާނޭ ސިޔާސަތުތައް ކަނޑައެޅުމަށް އެހީތެރިވުމެވެ. މީގެ އިތުރުން ތަފާސްހިސާބާއި ހެއްކަށް ބިނާވެ  ސިޔާސަތު ކަނޑައެޅުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް ޤާއިމްކުރުމެވެ.

މި ދިރާސާ މަރުކަޒުގެ މުހިއްމު ކަމާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިކަމުގައި އެންމެ އިސްކޮސް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ރައީސް، ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވީ، ކޮންމެ ޤައުމެއްގައިވެސް ކޮންމެ މުޖުތަމައުގައިވެސް ކިޔަވައިގެންތިބި މީހުންގެ ވަރަށްބޮޑު މައްސޫލިއްޔަތެއް އޮންނަކަމަށާއި، މިފަދަ ކަމެއް ކުރުމަށް ނިންމި މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

އެމީހުންނަކީ މުޖުތަމައުގައި ހިނގަމުންދާ ކަންތައްތައް ބަލަހައްޓައިގެން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި، މުޖުތަމައު ކުރިއެރުވުމަށްޓަކައި ހާއްސަ ގޮތެއްގައި މުޖުތަމައުގައި އިޖުތިމާއީ އަދާލަތު ކުރިއެރުވުމަށާއި އިންސާނީ ހައްގުތަށް ދެމެހެއްޓުމަށްޓަކައި، އެންމެންގެ މެދުގައި ހަމަހަމަކަން ހިފެހެއްޓުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކިޔަވައިގެންތިބޭ މީހުން އަދާކުރަންޖެހޭ ދައުރާއި އެމީހުންގެ ޒިންމާ ބޮޑުކަމަށެވެ.

ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ކިޔަވައިގެންތިބި އިލްމުވެރި ތަޖުރިބާކާރުންގެ މީހުން އަބަދުވެސް މަސައްކަތްކުރަން ޖެހޭނެ. އަދި ހާއްސަ ގޮތެއްގައި ޤައުމެއްގައި ތިބި ނިކަމެތިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ"

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވިއެވެ.

މި ދިރާސާ މަރުކަޒުގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން މިކަމުގައި އެންމެ އިސްކޮށް އުޅުއްވާ އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ޕޮލިސީ ސްޓަޑީޒް ސެންޓަރު ރަޖިސްޓްރީކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، މިގޮތުން މިހާރު ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު މުރާޖައާކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި 2008 ވަނަ އަހަރު އެކުލަވާލި ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަމުން އަންނަތާ މިހާރު ވަނީ 16 އަހަރު ފުރިފައެވެ.

އާޒިމާ ވިދާޅުވީ މާދަމާ ރޭ އެ މަސައްކަތް ފެށިކަން ރަސްމީކޮށް ލޯންޗް ކުރުމަށް ނިންމާފައިވާކަމަށާއި، އެބޭފުޅުންގެ މުޅި މަސައްކަތް ބިނާވެގެންވަނީ އިލްމީ މަސައްކަތަކަށް ކަމަށެވެ.

ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ސިޔާސަތު އެކުލަވާލުމުގައި ސިޔާސަތު ދިރާސާކުރުމުގައި ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒްއަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މަސައްކަތްކުރާ ތަނެއް. އަޅުގަނޑުމެންގެ ވިސްނުންހުރީ ޕޮލިސީ ހަދާއިރުގައި އެވިޑެންސް ބޭސް ނުވަތަ ފެކްޓްގެ މައްޗަށް ބިނާކޮށްގެން ޕޮލިސީ އެކުލަވާލުމުގައި އަޅުގަނޑުމެންގެ ދިރާސާތަކަށް މަގުދައްކައިދިނުން

ޤައުމަށް ހިދުމަތްކުރުމުގައި އުމުރުގެ ބޮޑުބައެއް ހޭދަކުރެއްވި، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވިއެވެ.

މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީޒް (އެމްސީޕީއެސް)ގެ މުއައްސިސުން ވިދާޅުވީ ޤައުމީ މަސްލަހަތު ހިމެނޭ އެކިއެކި ދާއިރާތަކުގެ މައްސަލަތަކަށް ބިނާކޮށް ކުރެވޭ އިލްމީ ދިރާސާތަކާއި ފަންނީ ލަފާ އަދި ބޭނުންތެރި ސައްހަ މައުލޫމާތުތައް ކިޔަވާކުދިންނަށާއި، ނޫސްވެރިންނަށާއި، ދައުލަތުގެ މުއައްސަސާތަކަށާއި، މިފަދަ ކަންކަމަށް ޝައުގުހުންނަ ހުރިހާ ދިވެހިންނަށާއި ބޭރުގެ އެކި މުއައްސަސާތަކަށް ފޯރުކޮށްދިނުމަކީވެސް މި މަސައްކަތްތަކުގެ ވަރަށްމުހިއްމު މަޤްސަދެއް ކަމަށެވެ. އެހެންކަމުން މި މަސައްކަތްތައް ކުރިއަށްގެންދެވޭނީ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ބައިވެރިވުމާއެކުގައިކަންވެސް އެބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ޕަބްލިކް ޕޮލިސީ ދިރާސާ ކުރާ މުއައްސަސާތަކަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ޤާއިމްކުރެވިފައިވާ އިލްމީ އަދި ފަންނީ މަސައްކަތްކުރާ މުއައްސަސާތަކެކެވެ. މި  ދިރާސާކުރާ މަރުކަޒުތަކުން ކުރާ ދިރާސާތަކާއި އެއްކުރާ މައުލޫމާތުތަކާއި އާންމުކުރާ ލަފާތަކަކީ، ޤައުމުތަކުގެ ތަރައްޤީގެ ކުރި އަދި ދިގު ރާސްތާގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރާ މައުލޫމާތާއި ފަންނީ ލަފާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.