ކުރީގެ ރައީސް ވަހީދު އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 Mar 2026 | 12:32
ރައީސް ވަހީދު އިސްތިއުފާ ދެއްވީ އަޅުގަނޑު ބުނެގެން: ރައީސް މުޢިއްޒު

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ވަހީދު، ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިފާދެއްވުމަށް އެންގެވި ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކަށް ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ، ރައީސް ވަހީދު މުޢަމާލާތްކޮށް ގުޅުން ބާއްވާފައިވާކަން ހާމަވެފައިވަނިކޮށް އެމަނިކުފާނު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

އެމަނިކުފާނު އިސްތިއުފާ ދެއްވީ، އެޕްސްޓީންއާ ގުޅުން އޮތްކަން ހާމަވާ ލިޔުންތައް ލީކުވިތާ އެއްދުވަސް ފަހުން މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. 

އެކަމާ ގުޅިގެން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރައީސް ވަހީދުއަށް އެއްވެސް ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯ ސުވާލު ކޮށްފައެވެ.

"އަޅުގަނޑަށް ތިކަން އެނގުނު ހިސާބުން އަޅުގަނޑު ވަހީދަށް ދެންނެވީ އިސްތިއުފާ ދިނުމަށް. އެހެންވެ އިސްތިއުފާ ދެއްވީ،" ރައީސް ވިދާޅުވި އެވެ.

އެޕްސްޓީންއާ ގުޅުން ބޭއްވިކަން ހާމަވުމާގުޅިގެން ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެޕްސްޓީންއާ އެކު އޮތީ ރަސްމީ ގުޅުމެއް ކަމަށާ އޭނާ ހިންގި އެއްވެސް މުޑުދާރު އަމަލެއްގައި ބައިވެރިވެފައިނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ އެއްވެސް މެންބަރަކު ކުރައްވާފައިނުވާނެ ކަމަށެވެ.

އަދި އޭނާގެ ހަގީގަތް ހާމަވުމުން އެފަދަ ގުޅުމެއް އަދި މުއާމަލާތެއް ކުރެވިފައިވާތީ ހިތާމަ ކުރައްވާ ކަަމަށް ވިދާޅުވި އެވެ.

ރައީސް ވަހީދު ވަނީ އެޕްސްޓީން ބޭއްވި އެއްވެސް ޕާޓީއެއްގައި ނުވަތަ ހަރަކާތެއްގައި އެމަނިކުފާނާއި އާއިލާގެ މެންބަރަކު ބައިވެރިވެފައިނުވާނެ ކަމަށާ ރަސްމީ ހައިސިއްޔަތުން ބައްދަލު ކުރެއްވީ ދެ ފަހަރު ކަމުގައި ވިދާޅުވެފަ އެވެ. 

2008 ވަނަ އަހަރު އެޕްސްޓީންގެ މައްޗަށް ޖަލު ހުކުމެއް އައި ކަމެއް އަދި އޭނާގެ މައްޗަށް އޮތް ތުހުމަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ކުރީން ލިބިވަޑައިގެންފައި ނެތް ކަމަށާ އެެފަދަ އެއްވެސް މައުލޫމާތެއް ރައީސް ވަހީދަށް ލިބިވަޑައިގެންފައިވީނަމަ އެެއްވެސް މިންވަރަކަށް އެފަދަ މީހަކާއި އެއްވެސް ގުޅުމެއް އަދި މުއާމަލާތެއް ނުބޭއްވީސް ކަމުގައި ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެޕްސްޓީންގެ މައްޗަށް ކުރެވޭ ތުހުމަތާއި އޭނާ ހިންގާފައިވާ މުޑުދާރު އަމަލުތަކަކީ އެކަންކަމާއި އެންމެންވެސް ދެކޮޅު އަދި ދެކޮޅު ހަދަން ޖެހޭނެ ކަންކަމުގައި ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.